ކޮކާކޯލާ ޔުއެފާ ޔޫރޯ 2020 ޕްރޮމޯޝަންގެ ނަސީބުވެރިންތައް ހޮވައިފިއެވެ.

ކޮކާ ކޯލާއިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. ކޮކާކޯލާއިން ބުނީ މި ޕްރޮމޯޝަންގައި ދެފަރާތެއް ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވާ ކަމަށެވެ.

ކޮކާ ކޯލާއިން ނަސީބުވެރިންގެ ފޯނު ނަންބަރުތައް އާންމުކޮށްފައިވެއެވެ. އެގޮތުން ޑެއިލީ ވީލް ޑްރޯގެ ނަސީބުވެރިޔާގެ ގޮތުގައި ހޮވިފައިވަނީ ފޯނު ނަންބަރު 7639183 އެވެ. މި ނަސީބުވެރިޔާއަށް އައިފޯން 11 އެއް ލިބޭނެކަމަށް ކޮކާކޯލާއިން ބުނެފައިވެއެވެ.

މީގެއިތުރުން ވީކްލީ ޔުއެފާ ޓިކެޓުން ނަސީބުވެރިއެއްގެ ގޮތުގައި ހޮވިފައިވަނީ 9538505 އެވެ. މިނަސީބުވެރިޔާއަށް ކޮކާ ކޯލާއިން ވަނީ ދެމީހަކަށް އަޔަރލޭންޑަށް ދިޔުމުގެ ޓިކެޓު ދޭން ނިންމާފައެވެ.

ކޮކާ ކޯލާއަކި އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން މިފަދަ އެތައް ޕްރޮމޮޝަނެއް ހިންގާ ކުންފުންޏެކެވެ. އަދި އަގުހުރި އެތައް އިނާމެއް މިޕްރޮމޯޝަންތަކުގައި ދޫކޮށްލައާކަން ފާހަގަކޮށްލެވެއެވެ.