ބައިނަލްއަޤުވާމީ ސިނަމާގައި ދެވޭ އެންމެ ފަޚުރުވެރި އެވޯޑު އޮސްކާގެ 92 ވަނަ އެޑިޝަން މިއަދު ބާއްވައިފިއެވެ.

އެގޮތުން މިއަދު ހެނދުނު ބޭއްވި އޮސްކާ އެވޯޑުގައި ގިނަ އެވޯޑުތަކެއް ހާސިލްކޮށް ދެކުނު ކޮރެއާއިން ނިމިދިޔަ 2019 ވަނަ އަހަރު އުފެއްދި ފިލްމު "ޕެރެސައިޓް" ވަނީ ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. ޖުމްލަ 4 އެވޯޑެއް އެފިލްމުން އުފުލާލިއިރު މިއީ އޮސްކާގެ ތާރީޚުގައި އިނގިރޭސިބަހުން ނޫން އެހެން ބަހުރުވަޔަކުން އުފެއްދި ފިލްމަކަށް ބެސްޓް ޕިކްޗަރ އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެފިލްމުން ހޯދި 4 އެވޯޑަކީ ބެސްޓް މޯޝަން ޕިކްޗާ، ބެސްޓް ޑައިރެކްޓާ، ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ އަދި ބެސްޓް އިންޓަރނޭޝަނަލް ފިލްމެވެ.

ބެސްޓް ޑައިރެކްޓަރުގެ އެވޯޑު އުފުލާލީ

މިއަދުގެ އެވޯޑުގައި މަޝްހޫރު ފަންނާނު ބްރެޑް ޕިޓްވެސް ވަނީ މުޅިން އަލަށް އޮސްކާއެއް އުފުލާލާފައެވެ. ބެސްޓް އެކްޓަރ އިން އަ ސަޕޯޓިންގް ރޯލުގެ އެވޯޑު ބްރެޑް އުފުލާލިއިރު މިއެވޯޑު އޭނާ ހާޞިލްކުރީ ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އިންނެވެ.

ހަމަމިއާއެކު ބަތަލާ ލޯރާ ޑާންއަށްވެސް ފުރަތަމަ ފަހަރަށް އޮސްކާއެއް ލިބުނީ މިއަދު ކުރިއަށްދިޔަ އޮސްކާ 2020 ގައެވެ. އޭނާއަށް ލިބުނީ ފިލްމު "މެރިޖް ސްޓޯރީ" ގައި އަދާކުރި ރޯލަށް ބެސްޓް އެކްޓަރ އިން އަ ސަޕޯޓިންގް ރޯލުގެ އެވޯޑެވެ.

ބެސްޓް ސަޕޯޓިން އެކްޓަރ އެވޯޑު ލިބުނީ ޕްރެޑް ޕިޓް އަށް

އޮސްކާ އެވޯޑުގެ އެހެން ބައެއް މުހިންމު އެވޯޑުތަކަށް ބަލާލާއިރު ބެސްޓް އެކްޓްރެސް އެވޯޑު ޙާޞިލްކުރީ ފިލްމު "ޖޫޑީ" އިން ރެނީ ޒެލްވިގާއެވެ. ބެސްޓް އެކްޓާ އެވޯޑު ހާޞިލްކުރީ ފިލްމު "ޖޯކާ" އިން ވަކީން ފީނިކްސްއެވެ. ބެސްޓް އެނިމޭޓެޑް ފިލްމު "ޓޯއީ ސްޓޯރީ 4" އަށް ލިބުނުއިރު ބެސްޓް އެޑަޕްޓެޑް ސްކްރީން ޕްލޭ ލިބުނީ "ޖޯޖޯ ރެބިޓް" އިން ޓައިކާ ވަޓިޓީއަށެވެ.