ދިގު ބްރޭކަކަށްފަހު އަލުން ފަށާ އެފްއޭ ކަޕް ހުޅުވާ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އޭދަފުށި ބައްދަލުކުރަން ޖެހިއްޖެއެވެ.

އެންމެފަހުން އެފްއޭ ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރުގައެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މިހާރު ސަސްޕެންޝަނުގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރެއެވެ. ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމު ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އާއި ފޯކައިދޫ ފުޓުބޯޅަ ކްލަބް އަދި ވިލިމާލެ ޔުނައިޓެޑް އާއި ކްލަބް އޭދަފުއްޓެވެ. ކުރިން ވާދަކުރާނެކަން އިއުލާންކުރި ލެގޫންސް ވަނީ ފަހުވަގުތު ބައިވެރިނުވާން ނިންމާފައެވެ.

މުބާރާތް ހުޅުވާ މެޗުގައި މާރޗް 5 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި އޭދަފުއްޓެވެ. އޭދަފުށި ވަނީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) އެވެ. އެ ކުލަބުން ވަނީ ވަރަށް ކުރީބައިގައި މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.

ނޮކައުޓް އުސޫލަށް ކުރިޔަށްދާ މި މުބާރާތުގެ ހުޅުވާ މެޗަށްފަހު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ ފުޓުބޯޅަ ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަދި އޭގެ ޖެހިގެން އަންނަ ދުވަހު ހަވީރު މާޒިޔާއިން ގްރީން އާއި ދެކޮޅަށް ނުކުންނައިރު އެރޭ އީގަލްސްއިން ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާއި ދެކޮޅަށެވެ.

މުބާރާތުގެ ފޯމެޓް