ޔޫރޯ ސްޓޯރުން "ޗޮކްލެޓް ފިއެސްޓާ" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދިއުމަށް ނިންމާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. މި ވަގުތުތަކުގައި އެ ފިހާރައިން ވިޔަފާރިކުރާ މީހުންގެ ތެރެއިން ކޮންމެ 150ރ. އަށްވުރެ ގިނައިން ވިޔަފާރިކުރާ މީހުންނަށް ފިނިފެން މަލެއް ލިބޭނެކަމަށް ޔޫރޯ ސްޓޯރުން ބުނެއެވެ.

މީގެއިތުރުން 200ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، މި ލަކީ ޑްރޯއިން އެއް ވަނަ އަށް ދާ ފަރާތަކަށް 1،000ރ. އަދި ދެ ވަނަ އަށް 500ރ. އަދި ތިން ވަނަ އަށް 250ރ. ގެ ކޫޕަނެއް ލިބޭނެކަމަށް އެ ފިހާރައިން ބުނެއެވެ.

މި ޕްރޮމޯޝަންގައި، އެ ފިހާރަ އިން ވިއްކާ ހުރިހާ ޗޮކްލެޓަކުން ވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ތަފާތު އެކި ޗޮކްލެޓުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަނުގެ ތެރެއިން ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ޔޫރޯ ސްޓޯރުން ލިބެންނަ ހުންނަ ޗޮކްލެޓުގެ ތެރޭގައި "ކެޑްބަރީ" އާއި "މިލްކާ" އާއި "ލޯކާ" އާއި "ކޯޓްޑޯ" އަދި "ލިންޓް" އާއި "ފެރާރޯ" އާއި "ޓޮބްލެރޫން" ހިމެނެ އެވެ.