ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި އާންމުކޮށް އުދަ އަރާ ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުގަދަވާނެކަމަށް، އަދި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަަމަށެވެ.

ރާއްޖެއަށް ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރަނީ އުތުރާއި މެދުތެރޭގެ ރަށްތަކަށް 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

މެޓް އޮފީހުން ވަނީ އުތުރާ މެދުތެރޭގެ އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރިފައެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިދުވަސްވަރު އުދަ އަރާކަމަށް އެކި ރަށްރަށުން ހަބަރުލިބޭ އިރު ގިނަ ރައްތަކެއް ގިރުމުގެ ސަބަބުން އެކަމުގެ ޝަކުވާތައްވެސް ކައުންސިލްތަކުން ދަނީ ކުރަމުންނެވެ.