ފަނޑިޔާރުންނަށް ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ފުރުސަތުތައް ލިބިދޭ އެމްއޯޔޫއެއްގައި އިންޑިއާ ސަރުކާރާއިއެކު ޖޭއެސްސީން ސޮއިކޮށްފިއެވެެ.

މިއީ މިފަދަ އެއްބަސްވުމެއްގައި ޖުޑިޝަލް ސާރވިސް ކޮމިޝަނުން ސޮއިކުރި ފުރަތަމަ ފަހަރެވެ.

ޖުޑިޝަލް ސާރވިސް ކޮމިޝަނާ އިންޑިއާގެ ނޭޝަނަލް ޖުޑިޝަލް އެކަޑަމީއާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ފަނޑިޔާރުންނަށް ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު ފުރުސަތުތައް ލިބި ދިނުމުގެ އިތުރަށް، އިންޑިއާގެ ނޭޝަަނަލް ޖުޑިޝަލް އެކަޑަމީން ރާއްޖޭގެ ފަނޑިޔާރުންނަށް ޚާއްސަކޮށްގެންދޭ 200 ފުރުސަތު ދިނުމަށް މި އެއްބަސްވުމުގެ ދަށުން، ހަމަޖެހިގެން ގޮސްފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަަނަލް ޖުޑިޝަލް އެކަޑަމީގައި ބޭއްވި މި ރަސްމިއްޔާތުގައި ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެެއްވީ ކޮމިޝަންގެ ރައީސާ އަލްއުސްތާޒާ ހިސާން ހުސައިން އަދި ނޭޝަަނަލް ޖުޑިޝަލް އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ޑިރެކްޓަރ ޖަސްޓިސް، ޖީ ރަގުރާމްއެވެ.

ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޖޭ.އެސް.ސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްކަމަށެވެ. އަދި މި ފުރުސަތު ދެއްވިކަމަށްޓަކާ ޖޭ އެސްސީގެ ރައީސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ނޭޝަނަލް ޖުޑިޝަލް އެކަޑަމީން ޖޭއެސްސީއާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުއައްޒަފުންނާއި ޖުޑިޝަލް އެކަޑަމީގެ މުއައްޒަފުން ތަމްރީނުކުރުމަށް މުސްތަގުބަލުގައި ކުރެވޭނެ ކަންތައްތަކަށް ސޮއިކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ ބައްލަވާލައްވާފައެވެ.