ކ. މާފުށީގައި ހުންނަ ގުދަނެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުން ބުނީ ގުދަނުގައި ރޯވެފައި ވަނީ، މިއަދު ހެނދުނު 9:15 ހާއިރުކަމަށެވެ. އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ވެސް ހަރަކާތްތެރިވިކަމަށެވެ.

ފުލުހުން ބުނީ އާންމު ރައްޔިތުންނާއި، އެރަށުގައި އުޅޭ ކަރެކްޝަންގެ ސްޓާފުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވީ ޓިނުން ހަދާފައި ހުރި އިމާރާތެއްގައި ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވާކަމަށާއި، މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގުދަނުގައި އަލިފާންރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެއެވެ.

މިހާރު ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ މިއިމާރާތަކީ ކުރީގެ ކުޑަކުދިންގެ މަރުކަޒު ނޫނީ އިސްލާހިއްޔާގެ ގޮތުގައި ބޭނުންކުރި އިމާރާތެވެ.