އއ. މަޑިވަރު ބޭރުން ސްނޯކްލިން އަށް ގޮސް އުޅުމު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ސްނޯކްލިން އަށް ގޮސް އުޅުނު މީހަކު ނިޔާވެގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލުމާތު ހުކުރު ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ 23އ. ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިއައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންގެންދާ ކަމަށެވެ.