ތަފާތު އެކި ދުވަސްމަތިން 3 ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ހއ. ހދ. އަދި ށ އަތޮޅަށް ނިސްބަތްވާ އަޕަރނޯތު ޕޮލިސް ޑިވިޝަން އަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ، މި ހިނގާ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅީ، 7އ. އާއި 10އ. ގެ ދެ އަންހެންކުދިންނަށާއި 13އ. ގެ ފިރިހެން ކުއްޖަކަށް އެކި ދުވަސްމަތިން މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލައިގައި، ހުކުރުދުވަހުގެ ވަގުތެއްގައި 30އ. ގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ދަނީ މި މައްސަަލަ ތަހުގީގުކުރަމުން ނެވެ.