ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރި އަޣުލަބިއްޔަތަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕޯސްޓަރ ތަތް ކުރުމުގެ ހަރަކާތް ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން އެޕާޓީއަށް ކުރި އިތުބާރާއި ދިން އަޣުލަބިއްޔަތުގެ ސަބަބުން ރައްޔިތުންނަށް ބޮދެތި މަންފާތަކެއް ލިބެމުންދާ ކަމަށެވެ.

( މާލެ ، 15 ފެބްރުއަރީ 2020 ) -- އެމްޑީޕީން އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފަށައި، މުޅި ރާއްޖޭގައި އެ ޕާޓީގެ ކެންޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ރައީސް ފައްޓަވައިދެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

އެގޮތުން، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރެވިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހުތައް ފާހަގަކުރައްވައި، މިގާނޫނުތައް ތަންފީޒުކުރުމަށް ފަސޭހަވެގެންދާނީ މިކަންކަން އެނގޭ އެމްޑީޕީގެ މެމްބަރުން ކައުންސިލްތަކުގައި ތިއްބަވައިގެންކަަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއިންތިޚާބަށް އެމްޑީޕީން ވަނީ ވަރަށް ބޮޑު ތަނުން ވަނީ ތައްޔާރުވެފައި ކަމަށެވެ.

( މާލެ ، 15 ފެބްރުއަރީ 2020 ) -- އެމްޑީޕީން އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފަށައި، މުޅި ރާއްޖޭގައި އެ ޕާޓީގެ ކެންޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ރައީސް ފައްޓަވައިދެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

މިހަރަކާތް މިއަދު ހެނދުނު މާލެ ސިޓީގެ އިތުރަށް ރާއްޖޭގެ ހުރިޙާ ހިސާބެއްގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. ހެނދުނުގެ ސައި ހަރުގޭގައި ބެއްލެވުމަށްފަހު، ރައީސް ސޯލިހުއާއި ރައީސް ނަޝީދު އަދި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ކެންޑިޑޭޓުނާއި ޕާޓީގެ އާންމު މެންބަރުން ވަނީ މާލޭގައި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ.