ވިލާ ކޮލެޖާއި ސްރީލަންކާގެ ޑަރޑަންސް ހޮސްޕިޓަލްގެ "އަމްރަކް ޓްރެއިނިންގ އިންސްޓިޓިއުޓް" އާއި ދެމެދު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނީ މި އެެއްބަސްވުމަކީ، ނަރސިންގގެ ދާއިރާއިން ކްލިނިކަލް އަދި ޕްރެކްޓިކަލް ޓްރެއިނިންގ ހިންގުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.

"އަމްރަކް ޓްރެއިނިންގ އިންސްޓިޓިއުޓް" އަކީ ސްރީލަންކާގައި ސިއްޙީ ދާއިރާގައި ތަފާތު ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓް އެކެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގެ ޑިޕްލޮމާ އިން ނަރސިންގ ފުރިހަމަ ކުރާ ދަރިވަރުން އެ ޕްރޮގްރާމުގެ 3 ވަނަ އަހަރު 1 މަސް ދުވަހުގެ ކްލިނިކަލް އެކްސްޓަރންޝިޕްއެއް ޑަރޑަންސް ހޮސްޕިޓަލުގައި ފުރިހަމަ ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

ތަންރީނަށް ފޮނުވާ ފުރަތަމަ ބެޗް، ކްލިނިކަލް އެކްސްޓަރންޝިޕް އަށް ދިޔުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.