މާލޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ކަލްޗަރަލް ސެންޓަރުގެ ފަރާތުން ކުރިއަށްގެންދާ އެކްޓިންގް ވޯކްޝޮޕް ފަށައިފި އެވެ.
އިއްޔެ ފެށި މި ވޯކްޝޮޕް އަކީ އިންޑިޔަން ހައި ކޮމިޝަންގެ ފަރާތުން ރާއްޖޭގެ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އާއި، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އާއި، ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިޔާ އެންޑް މޯލްޑިވްސް، އެފް.އޭ.އައި.އެމް އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ވޯކްޝޮޕެކެވެ. މ،ި ވޯކްޝޮޕް މިމަހު 26 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެންސީއޭއިން ބުނެއެވެ.
އެންސީއޭއިން ބުނީ އެކި ސެޝަންތަކުގައި ކިޔަވައިދޭނީ ދިއްލީގެ ނެޝަނަލް ސްކޯލް އޮފް ޑްރާމާ، އެން.އެސް.ޑީގެ ޑައިރެކްޓަރު ސުރޭޝް ޝަރްމާ އަދި އެސޯސިއޭޓް ދެ ޕްރޮފެސަރުންކަމަށްވާ ދިނޭޝް ޚައްނާ އާއި އަބްދުއްލަތީ ޚަތާނާ ކަމަށެވެ.
މިވޯކްޝޮޕްގައި ރާއްޖޭގައި އެކްޓުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފިލްމީ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.
ފިލްމީ ދާއިރާގެ ކުރިއެރުމަށް ލިބުނު ކާމިޔާބީ އެއް ކަމުގައި ދެކެމެވެ.