ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ކ. ރިހިވެލި ރިޒޯޓު ކައިރިއަށް ސްނޯކްލިންގއަށް ގޮސް އުޅުނު ޔޫކްރެއިންގެ ފަތުރުވެރިއެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެއީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފަތުރުވެރިއާ މަރުވީ ސްނޯކްލިންގއަށް ގޮސް އުޅުމުގެ ތެރޭގައި ފިޓު ޖެހިގެން ކަމަަށް ޑޮކަޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އޭނާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު 11:39 ހާއިރު ކަމަށާއި މަރުކަޒަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފަރުވާދިން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.