ގެދޮރު އިމާރާތްކުރުމާއި، ބޯހިޔާވަހިކަމާ ގުޅޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް ލިވިން އެކްސްޕޯގެ މިއަހަރުގެ އެކްސްޕޯގައި ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ކުންފުނިތަކުންވެސް ބައިވެރިވެފައިވާކަމަށް ހައިރައިޒުން ބުނެފިއެވެ.
ހައިރައިޒުން އިންތިޒމަުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ލިވިން އެކްސްޕޯގެ މިއަހަރުގެ އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު މި އެކްސްޕޯއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން މަރިޔަމް މާއިޝާ ވިދާޅުވީ ހައިރައިޒުން ކޮންމެ އަހަހަރަކުވެސް ބާއްވާ ލިވިން އެކްސްޕޯގައި ގެދޮރު އިމާރާތްކުރުމާއި ގެދޮރަށް ބޭނުންވާ ތަފާތު އެތައްކަމެއް ހިމަނާފައިވާނެ ކަމުގައެވެ.
އެގޮތުން މިއަހަރުގެ އެކްސްޕޯގައިވެސް ގެދޮރު އިމާރާތްކުރުމާއި، މިދައިރާއާ ގުޅުންހުރި 40 އެގްޒިބިޓަރުން ބައިވެރިވެފައިވާ ކަމަށް މާއިޝާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުންވެސް އެގްޒިބިޓަރުން ބައިވެރިވެފައިވާކަން މާއިޝާ ފާހަގަކުރެއްވިއެވެ.
މާއިޝާ ވިދާޅުވި މިއަހަރުގެ އެކްސްޕޯގައި ތަފާތުކަމެއްގެ ގޮތުން ގެދޮރާ ގުޅުންހުރި މައުލޫމާތުގެ އިތުރުން ގެދޮރު އިމާރަތްކުރުމަށް ބެނުންވާ އިތުރު އެކި އެހީއާގުޅޭ މައުލޫމާތުވެސް ފޯރުކޮށްދެވޭނެ ކަމުގައެވެ. ހައިރައިޒްގެ މައިގަނޑު މަގްސަދަކީ އެއް ޕްލެޓްފޯމެއްގެ ދަށުން ގެދޮރާބެހޭ މައުލޫމާތާއި، ގެދޮރަށް އިންޝުއަރެންސް ކުރާނެ ގޮތްތައް އެއް ޕްލެޓްފޯމަކުން ފޮރުކޮށްދިނުން ކަމަށެވެ.
ލިވިން އެކްސްޕޮއަކި ހަމައެކަނި ގެދޮރާ ގުޅުންހުރި ކަންކަމަށް ހާއްސަ އެކްސްޕޯއެއްކަން ފާހަގަކުރައްވައި މާއިޝާ ވިދާޅުވި މި އެކްސްޕޯއަށް ޒިޔާރަތްކުރާނީވެސް ގެދޮރަށް އިންވެސްޓްކުރަން ބޭނުންވާ، ގެދޮރާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަމަށެވެ.
އެހެންކަމުން ޓާގެޓް ކޮށްފައިވާ އޯޑިއެންސްގެ ފަރާތުން މިއަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަން މާއިޝާ ފާހަގަކުރެއްވިއެވެ.