ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލްގެ ޝިއާރާމެދު ސުވާލު އުފައްދާ ފަރާތްތަކުންނާއި އެހެނިހެން ފަލްސަފާވެރީންގެ ފިކުރުތައް ހިންގާލައިފިނަމަ އެ ޕާޓީގެ ލީޑަރަކީ ދީނާއި ޤައުމު އިސްކުރައްވާ ބޭފުޅެއްކަން އެނގޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މާފަންނު ކުނޫޒުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޕާޓީގެ ޖަލްސާގެ ޓާސްކް ފޯހުން ބުނީ ޖުމްހޫރީ ޕާޓީން ޝިޢާރެއްގެ ގޮތުގައި ކަނޑައެޅީ، ދީނާއި ޤައުމުގެ ދިފާޢުގައޭ ބުނުމުން އެއީ ބައެއް ފަރާތްތަކުން ވަރަށްގިނަ ސުވާލުތަކެއް އުފައްދާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ޤާނޫނު އަސާސީގައި ލިޔެވިގެންދިޔަ ފަދައިން ދިވެހިރާއްޖޭގައި އޮންނާނީ އިސްލާމީ ވެރިކަމެއް ކަމަށާ މިއީ މުސްލިމް ޤައުމެއްކަމަށް އެންމެންވެސް ޤަބޫލުކުރާ ކަމަށެވެ. މިއަދު ޤައުމަށް ވެގެންއުޅޭ ގޮތަކާއި ދީނަށްވެގެން އުޅެނީ ކޮންގޮތެއްތޯ ވާދަވެރި ބައެއް ފަރާތްތަކުން އަހާކަމަށް ޓާސްކުފޯހުން ބުނެއެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވީ ދިވެހި ރާއްޖެއަށާއި ސަރުކާރަށް އަންނަ ކޮންމެ ލޮޅުމެއްގައި ރައްޔިތުން ކަންބޮޑުވާ ކަންކަމަށް ޞުލްޙަ ހޯއްދަވައިދެއްވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ކަމަށެވެ.

ޖުމްހޫރީ ޕާރޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގަ އެންމެ ބޮޑު ހޭދައެއް ވަގުތުގެ ގޮތުން ވިޔަސް، އެމަނިކުފާނުގެ ތަނަވަސްކަން ބޭނުން ކުރައްވައިގެންކަމަށް ވިޔަސްވެސް އަޅުގަނޑުމެން ކޮންމެ ޕާރޓީއެއްގެ ކޮންމެ ފަލްސަފާއެއްގައި ތިއްބެވި ބަޔަކުވެސް ޤަބޫލުކުރާނެ ޙޤީޤަތެއް އެއީ. އެއީ އެ ޙަޤީޤަތެއް ނޯޅޭ. އެ ޙަޤީޤަތް ނޭނގޭ ސަބަބަކީ ކޮންމެ ފަހަރަކުވެސް، ސަރުކާރެއް ގެންނަންވީމަ ނުވަތަ ނުތަނަވަސްކަމެއް ސަރުކާރުގެ ތެރެއިން ހިނގާކަމަށްވާނަމަ ހުރިހާ ޕާރޓީތަކަކުން އެނބުރޭ ފަރާތަކީ ޤާސިމް އިބްރާހީމާއި ދިމާއަށް ކަމަށްވާތީ. މިއީ ދިވެހި ރައްޔިތުން ދަންނަ ޙަޤީޤަތް. އެމަނިކުފާނަށް އޭގެ ކިތަންމެ ހުތުރު ނަންފުޅެއް ލިބިވަޑައިގަތަސް، ނުވަތަ ކިތަންމެ ބޮޑު ގެއްލުމެއް ލިބިވަޑައިގަތަސް، ދީނާއި ޤައުމު ނުވަތަ ޤައުމިއްޔަތުގެ އެއްވެސް ބަހާއަކަށް ތުރާލެއް ގޯނާއެއް، ކަމެއްވާ ކޮންމެ ވަގުތަކު އެމަނިކުފާނު ތެދުވެ ވަޑައިގަންނަވާ."
ޢަލީ ޢާރިފް: ޖޭޕީ އެސްޖީ

ޖުމްހޫރީ ޕާޓީން 13 މާރޗް ވާ ހޯމަދުވަހުގެރޭ ބާއްވަން ހަމަޖައްސައިފައިވާ ޖަލްސާ ބޭއްވުމަށް ނިންމައިފައިވަނީ އަލިމަސް ކާނިވާ ސަރަޙައްދުގައެވެ. އެކަމުގެ ހުއްދައަށްއެދި ޕްލެނިންގ މިނިސްޓަރީއަށާއި ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކަށް އެދިފައިވަނިކޮށް ބުރާސްފަތި ދުވަހުގެ ޕްރެސް ހިނގަމުން ދަނިކޮށް ޕްލެނިންގ މިނިސްޓްރީން ހުއްދަ ދިންކަންވަނީ އަންގަވާފައެވެ.

ޓާސްކުފޯހުގެ އިސް ބޭފުޅެއް ކަމަށްވާ އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ލޯކަލް ކައުންސިލްގެ ޝިޢާރާމެދު ސުވާލު އުފައްދާ މީހުންނަށް ޕާޓީގެ ޖަލްސާތައް ވަރުގަދަވަމުންދާތީ ކަންބޮޑުވަނީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮވެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތަކާ ޖަލްސާތައް ބޭއްވުމަކީ ޕާޓީއަށް ލިބިގެންވާ ޙައްޤެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ޢާންމުކޮށް ފެންނަ ފެނުމުގަ ޕްރެސް ކޮންފަރެންސްތަކާ ޢާންމު ޖަލްސާތަކާ މިކަހަލަ ކަންތައްތައް ޢާންމު ގޮތެއްގައި ކުރަމުން ނުދާތީވެ ބައެއް ފަރާތްތަކުން ޖުމްހޫރީ ޕާރޓީއާއިމެދު ދެކެމުންދާ ގޮތް ބަދަލުކުރުމުގެ އާ މަރުޙަލާއެއްވެސް ބާރު ސްޕީޑުގަ ފަށްޓައިގެން ކުރިއަށްދާ ކަމުގެ ވާހަކަ ދަންނަވައިލަން. އެހެންވީމަ ދައްކާނެ ވަރަށް ބައިވަރު ވާހަކަ ހުންނާނެ. އަޅުގަނޑުމެން ދައްކަން ބޭނުން ބައިވަރު ވާހަކަތައް ހުންނާނެ. ވޭތުވެދިޔަ ސެޕްޓެމްބަރު މަހުން ފެށްޓިގެން 2019 ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށްޓިގެން ކުނޫޒުގެ މި މާލަމުގަ އެކަނިވެސް އަޅުގަނޑުމެން ވާނީ 19 ޖަލްސާ ބާއްވައިފައި. އޭގެ މާނައަކީ އާ ޙަޔާތެއް އާ އުޞޫލެއް އާ ތަރުތީބެއް ފެށުނީއޭ. ޖުމްހޫރީ ޕާރޓީއަކީ ތަޖުރިބާކާރު ސިޔާސީ އެތައް ފަރާތްތަކެއް މި ޕާރޓީގަ ޒަމާނުއްސުރެ ތިބި ޕާރޓީއެއް. ޙަރަކާތްތަކަކަށް ބޭނުންވެފަ އޮތް ޕާރޓީއެއް، ޙަރަކާތްތައް ކުރަމުން ގެންދާ ޕާރޓީއެއް. އެހެންވީމާ މިޕާރޓީން ހަމަ ނޫސްބަޔާންވެސް ނެރޭނެ. ކަންތައް ތަކުގަ ދެކޭ ގޮތްވެސް ބުނާނެ. ޖަލްސާތައްވެސް ބާއްވާނެ. އެކަމަކާ ބަޔަކު ކަންބޮޑުވާނެ ކަމެއް ނެތޭ އަޅުގަނޑުމެން މި ދަންނަވަނީ. އަޅުގަނޑުމެންގެވެސް ޙައްޤެކޭ އެއީ."
އަޙުމަދު ނިހާން ޙުސައިން މަނިކު

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގައި ދިވެހީންގެ ދީނަކީ އިސްލާމް ދީންކަމަށް ލިޔެވިގެން ދިޔައީވެސް ދިވެހީންގެ ހިތުގައި ދީނަށް އޮތް ލޯތްބާއި އިޙުތިރާމްގެ ބޮޑުކަމުން ކަމަށެވެ. އަދި އެކަމަށް އިސްނަންގަވައި އެ މާއްދާ ލިޔުމަށް ގެނެސްދެއްވި ބޭފުޅަކީވެސް ޤާސިމް އިބްރާހީމް ކަމަށެވެ.

ޕާރޓީ އޭރު ނެތް ކަމުގައި ވިޔަސް މިނިވަން ފިކުރުގެ ތޭވީހަކަށް ބޭފުޅުން ތިއްބެވީ އިނގޭތޯ. 113 މެމްބަރުން ތިއްބެވި ޚާއްޞަ މަޖިލީހުގައި ތޭވީހަކަށް މެމްބަރުން ތިއްބަވައިގެން އެ ތޭވީސް މެމްބަރުން މި ޤައުމަށް ޑިމޮކްރަސީ ގެންނަން ބޭނުންވާ ގޮތަށް ޤާނޫނު އަސާސީ އެކުލަވައިލެވުނީ ޤާސިމް އެތާނގަ ރިޔާސަތުގަ އިންނެވީތީވެ. އެތާ އިން މީހެއްގެ ޙައިސިއްޔަތުން ދަންނަވާ ވާހަކަ މިއީ. އަދި މިއަދު އަޅުގަނޑުމެންނަށް މަޖިލިސްތައް އޭރުގަ އެ ޒަމާނުގަ ރައްޔިތުންގެ މަޖިލީހުން ދައްކަވާ ވާހަކައެއް، ޚާއްޞަ މަޖިލީހުން ދައްކަވާ ވާހަކައެއް ރައްޔިތުންނާ ހަމައަށް ދިޔަ ނުދިނުމަށްޓަކައި އެތަނަށް ނޫސްވެރީންނަށް ނުވަދެވޭގޮތަށް ކަންތައްތައް ކޮށްފަ ހުރީ. އެމަނިކުފާނު ނިންމެވީ ކިހިނެއްތޯ، ޤާސިމް އިބްރާހީމްް؟ ތިމަންނަ ޖަލްސާ ކުރިއަކަށް ނުގެންދަވާނަމޭ މި ޖަލްސާތައް ލައިވް ކުރެވޭނެ އިންތިޒާމު ދައުލަތުން ހަމަޖައްސައިނުދޭހާ ހިނދެއްގަ. ޖަލްސާ ހުއްޓަވައިލެއްވީ. އެދުވަހުން ފެށިގެން ނޫންތޯ މިއަދާ ހަމައަށް އައިއިރު މަޖިލިސް ލައިވް ކުރެވެނީ. އެވެސް އެމަނިކުފާނު ފަށްޓަވައިގެން ނޫނެކޭ ރައްޔިތުންގެ މަންދޫބުން ކުރާ ކަންތައް ރައްޔިތުންނަށް އެނގެން ޖެހޭނެއޭ."
ރިޔާޒް ރަޝީދު: ޖޭޕީ ޓާސްކްފޯރސް

ޖުމްހޫރީ ޕާޓީން ބުނީ މާރޗް މަހުގެ 13 ވަނަ ދުވަހުގެރޭ ބާއްވާ ޖަލްސާއަށް ރައީސް މައުމޫންގެ އެމްއާރު އެމްއަށާއި ޢަދާލަތު ޕާޓީއަށް ޚާއްޞަ ދަޢުވަތު ދޭނޭ ކަމަށެވެ. އަދި ބަދަލަށް އެދިގެން ދިވެހި ރާއްޖޭގެ އަނިޔާވެރި ވެރިކަމެއް ބަދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތް އެންމެހާ ބޭފުޅުންނަށް ޖަލްސާއަށް ދަޢުވަތު އަރުވާކަމަށެވެ.