ކުއާޓާފައިނަލުގައި ފޯކައިދޫ ފުޓުބޯލް ކްލަބު ބަލިކޮށް އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ދަތުރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުިރު ދުވަހު ހަވީރު ކުޅުނު މި މެޗު ގްރާންޑޭ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރާންޑޭ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ގްރާންޑޭގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެން ދިޔައިރު ގްރާންޑޭގެ ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާ އެވެ. އަދި ގްރާންޑޭގެ ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާއެވެ.

މި ނަތީޖާއާއެކު ގްރާންޑޭއިން ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއެވެ.