ކުރެއްދޫ ރިސޯޓްގައި ހިނގާދިޔަ ކަންތައްތައް ތަހުގީގު ކުރަންޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްވިދޅުވެއްޖެއެވެ.

ކުރެއްދޫ ރިސޯޓްގައި ހިނގާދިޔަ ކަންތައްތަކަކީ ތަހުގީގު ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ މެމްބަރު ހަސަން ވަނީ އެމައްސަލަ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފުލުހުންނަށް އެންގި އެންގެމަށް ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ހަސަން ލަތީފް ވިދާޅުވީ ވާނުވާގަ ތަހުގީގަށް ހައްޔަރުކުރެވިފައި ތިބޭ މީހުންނާމެދު މި އިޖްރާއަތުގެ ދަށުން ލިބިދޭ ލުޔަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށެވެ. އަދި ބަންދުގައި ތިބޭ އިންސާނިޔަތާއި ދެކޮޅަށް ކުރެވޭ ކަންކަމަކީ އެންމެ ބޮޑެތި ކުށްތަކުގެ ގޮތުގައި އެހެން ގައުމުތަކުންވެސް ބަލާކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މުޅި ދުނިޔެއަށް ކޮރޯނާ ވައިރަސް ފެތުރިގެންދިޔަ މަންޒަރު. އަދި ރާއްޖޭގައިވެސް އެބަލި އުޅޭ މަންޒަރު. މިކަންފެށިގެން އައިގޮތް ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުންނަމަ އޭގައި ޖިނާއީ ކުށެއް ހިމެނޭތޯ ތަހުގީގު ކުރަންޖެހޭ ކަމެއް. އޭގައި ޖިނާއީ ކުށެއް ހިމެނޭ ކަމެއްވާނަމަ އެއީ ވަރަށް ބޮޑު ކުށެއް. ގަސްދުގައި އެބަލިފެތުރޭ ގޮތަށް ނުވަތަ ބައެއްގެ އިހުމާލު ބޮޑު ގޮތަކަށް އެކަން ކޮށްފައިވާނަމަ އެއީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނޭ. އަދި މާކުރިންވެސް މި ދިވެހިރާއްޖޭގައިވެސް އެބަހުރި މި މިންވަރުގައި ނޫނަސް މިފަދަ ކަންކަމުގައި ދައުލަތުން ދައުވާކޮށްފައި އެބަހުރި. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ދުނިޔޭގައި އެހެން ގައުމުތަކުގައި އުޅުނު ވައިރަސްއެއް މިރާއްޖެއަށް އައީމައި އެ ބަލި ޖެހުނު މީހަކާ މެދު އަމަލުކުރި ގޮތް އެއީ ތަހުގީގު ކުރެވެންޖެހޭ ކަމެއް."
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

މުޅި އިންސާނިޔަތަށް އޭގެ ސަބަބުން އަސަރު ކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެ ހަސަން ވިދަޅުވީ ސަރުކާރުގެ ދައުލަތުގެ އެކިއެކި އިދާރާތަކުން މިކަމުގެ ހަގީގީ ސައްހަ މައުލޫމާތު މިހާރު ލިބެމުންދާތީ އެކަން ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އެހެންކަމުން އިންސާނިޔަތާއި ދެކޮޅަށް ހިންގޭ އެފަދަ ބޮޑެތި ކަންކަން އެންމެ ބޮޑެތި ކުށެއްގެ ގޮތުގައި ހިމެނުމަށް ހަސަން ވަނީ ގޮވާލައްވާފައެވެ.