ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގާނޫނީ ދާއިރާގެ މެންބަރަކުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެފަހަރު ހުޅުވާލީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައި ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ 02 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައި ކަމަށެވެ.

މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ ކަަމަށް ރައީސް އޮފީހުން ބުނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަަމަށް ކުރިމަލާ ފަރާތަކީ ގާނޫނީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.