މުޅި ދުނިޔެ މިއަދު މިވަނީ އިންސާނުން ދުވަހަކުވެސް ނުދެކޭވަރުގެ މިސްރާބަކަށް ދަތުރުކުރުމަށް މަޖުބޫރު ކޮށްފައިވާ ނުރައްކާތެރި ވަބާއެއްގެ ސަމުގާއެއްގެ ތެރެއަށް ވަދެފައެވެ. މުޅި މުޖުތަމަޢު ބަދަލުކޮށްލައި އާންމު ދިރިއުޅުމާއި ދަތުރުފަތުރާއި ވަޒަންވެރިވުންވެސް ނިމުމެއްނުވާ ގޮތްގޮތަށް އަނބުރައިލައިފައެވެ. އާންމު އުޫލުގެ ސަލާމަތީ މިންގަނޑުތަކާ ވާހަކަދައްކާ ބަސްތައްވެސް މީގެކުރީން ބަލައިގެންފައިވާ ގޮތުގެ މިންވަރަށްވުރެ ތަފާތުވެގެން ގޮސްފައެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ޖަރާސީމެއްގެ ސަބަބުންނެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަހެއް މިވަނީ ކޮންމެ އިންސާނަކު އެމީހެއްގެ ގޭގައި އެކަހެރި ކުރުވައި ބައިތިއްބައިފައެވެ. ފަހަރެއްގައި އެތައް މަހަކަށްވެސް މިކަން ދެމިގެން ހިނގައިދާނެއެވެ. މިހާރުވެސް މިވަނީ އަމިއްލަ ދައުލަތާއި ބޭރުދުނިޔެއާއި އޮންނަ ގުޅުންތައް ބަދަލުކޮށްލައިފައެވެ. އަދި އެކަކު އަނެކަކަށްވެސް މެއެވެ.

ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މީގެ ބައެއް ބަދަލުތަކަކީ ކުރިއަށް އޮތް މަސްތަކުގައި ނުވަތަ އަހަރުތަކުގައި ގަޔާނުވާ ނުވަތަ ހަމައަކަށް އެޅިގެންނުދާ ބަދަލުތަކަކަށް ވެދާނެއެވެ.

ގައުމުތައް އެކަހެރިވެ ބަންދުވެދާނެ ހެއްޔެވެ. ސަލާން ކޮށްލުމަކީވެސް އެކަށީގެންނުވާ ކަމަކަށް ވެދާނެ ހެއްޔެވެ. އެއްބަޔަކު އަނެއްބަޔަކަށް އެންމެ ގިނައިން ފެނިދެނިވެ ބައްދަލުވާ ސައިހޮޓާތަކާ ރެސްޓޯރެންޓުތަކުން މީހަކު ނުފެނިދާނެ ބާވައެވެ. މިފަދަ އެތައް ސުވާލެއްގެތެރެއަށް ވެއްޓިފައެވެ.

އެހެންނަމަވެސް ހާލަތުގެ ކޮންމެ ހިނދުކޮޅަކީ ފުރުސަތުތަކެއް ގެނުވައިދޭ ކަމެކެވެ. ބޭނުންކުރާ އީޖާދުތަކާއި ޓެކްނޮލޮޖީ ފުރިހަމަވެފައި ބޭނުންކުރުމުގެ ފަސޭހަތަކާ މަންފާ ފެނިގެން ދިއުންފަދަ ފުރުސަތުތަކެވެ. ޚިޔާލުތަފާތުވުންތައް ކުޑަވެ ބޭރަށް ނިކުމެ އުޅުމުގެ އުސޫލުތަކަށް އިހްތިރާމް ކުރުމާއި ހަޔާތުގެ އެހެނިހެން އުފާތައް އަލުން ދިރި އާލާވެދިއުމެވެ.

އެހެންނަމަވެސް އަންނަން އޮތީ ކޮންކަހަލަ ކަންކަމެއްކަން އެކަކަށްވެސް ނޭގެއެވެ. އެކަމަކުވެސް އެންމެންގެ ސަމާލުކަން ހުއްޓިގެންދާނީ މުޖުތަމަޢާއި ސަރުކާރާއި ސިއްޙީ ހޭހަންކުރުމާއި އިޤުތިސާދާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި މެދުގައެވެ. ބަދަލުވެގެންދާނެކަން ކަށަވަރުވާތީ އެކަމުގެ މައްޗަށެވެ.

2004ގެ ސުނާމީއާއި ގުޅިގެން ދިވެހީންނަށް ދަސްވި އެއްފިލާވަޅަކީ އެހެން ގައުމުތަކަށް އަންނަ ބިންހެލުންފަދަ ކާރިސާތަކަކީ ހަމައެކަނި އެހިސާބުގައި ހުއްޓިފައި އޮންނަ އެއްޗެއް ނޫންކަމުގައެވެ. ދިވެހީންވެސް އެފަދަ ކާރިސާތަކުގެ ކުރިމައްޗަށް ހުށަހޮޅިފައިވާ ކަމެވެ.

2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ކާރިސާއަކީވެސް އެތައް ޒަމާނެއްކުރީން ދުނިޔެ ދެކިފައިވާ އެފަދަ ކާރިސާގެ ތެރެއަށް ދިވެހީން ވަދެގެން ހިނގައިދާނެކަމެއް ކަމަށް ބުނެދީފައިވެއެވެ. އިޤުތިސާދީ އަނދަވަޅުތަކުގެ ގުންޑޮޅިމަތީގައި އެންމެންވެސް ތިބެން ޖެހިދާނެކަމެވެ. ހިތްދަތި ހާލުގައި ކާއެތިކޮޅެއްނުލިބި ބަނޑަށް ޖެހިގެން ދިވެހީންގެ އެތައް ބަޔަކު މިދުނިޔެއާ ވަކިވެގެންދިޔަ ދުވަސްތަކުގެ ހަނދާންތަކުގެ ތެރެއަށް ގެންދިއުމެވެ. އަދި 1918 ވަނަ އަހަރު މުޅިދުނިޔެދުށް ހުމުގެ ރޯގާ މިއަދު އަޅުގަނޑުމެންގެ ހަޔާތުގެ އެންމެ ހިމަނާރު ބުރިކޮށްލާ ހިސާބަށް އިންޗިއަކުން އިންޗިއަކުން ކައިރިވަމުންދިއުމެވެ.

ހަނދާނުން ކައްސައިނުލާ އޮތް ކައިރި މާޒީއާއި ހަނދާނަށް ގެންނަންވެސް ހަނދާން ނެތިފައިވާ މި މައުސޫމިއްޔަތު ނުވަތަ ފަޚުރުވެރި ކަމާއެކު އުޅެމުންދިޔަ ހަޔާތައް މިއަދު މިވަނީ ބަދަލުތަކެއް އައިސްފައެވެ. އެދުވަހު އުޅުނު އުޅުމާއި މިއަދު ކުރާންވީ ކަންކަން މިވަނީ ބަދަލުތަކެއްގެ ތެރޭގައެވެ. އެގޮތުން އެއްޗެއްގައި އަތްލުމާއި އަތް ޖައްސައިލުމާއި އެހެން މީހުނާއެކު ވަގުތު ހޭދަކުރުމާއި ސާފު ވައިލިބޭތަނެއްގެ ތެރޭގައި ނޭވައިލުމާއި މިހުރިހާކަމެއް މިއަދު ބަންދު ތަނެއްގައި އޮތުމަކީވެސް އެކަމުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ.

އޭރުގެ އެ ހޭލުންތެރިކަން އެހާ އަވަހަށް ބަދަލުވުމާއި އެ ކުއްލި ބަދަލު އެކިމީހުނަށް ތަފާތުވާނެއެވެ. އެހެން ނަމަވެސް އެދުވަސްތައް މިއަހަރުގެ ތެރޭގައި ދިރިތިބި އެންމެންގެ ހަޔާތުން އެކީއެކައްޗަކަށް ފޮހެވިގެނެއް ނުދާނެއެވެ. އަދި އެއީ ތިމާގެ ފިޠުރަތުގެ ދެވަނަ ނަޒަރިއްޔާކަމުގައި ވެދާނެއެވެ. ސަލާންކުރުމާއި މޫނުގައި އަތްލުން އެމީހުންގެ ޙަޔާތުން އަލުން ފެނިގެންދާނެއެވެ. ނުވަތަ ވިސްނުމާއި ސިކުނޑީގައި ހަރުލައިފައިވާ ބައެއްކަހަލަ ވިސްނުން އެނބުރި ރުޖޫޢަވުންފަދަ ކަންކަން އިޢާދަވާތަން އަންނާނެއެވެ. އޭގެތެރޭގައި އޮތްދޮވުންފަދަ ކަންކަމަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއްނޫންކަން ފާހަގަވެގެންދާނެއެވެ.

ގާތުގައި ބަޔަކު ތިބިކަމުގެ އުފާވެރި އިހްސާސްތައް އެމީހުން ފެންނަން ނެތުމުން ލިބިގަތުމުގެ ހިތްގައިމުކަން ބޮޑުވުންފަދަ ކަންކަމަކީ މި ބަދަލުތަކުގެ ތެރެއިން ފެނިގެން ހިނގައިދާނެ ކަމެކެވެ. ޚާއްސަކޮށް ފިހާރައަކަށް ނުވަތަ ސައިހޮޓަލަކަށް ވަނުމުން ކުއްލިއަކަށް ފެންނަމީހާ ނުފެނި ދިއުމުގެ ހިތާމައަށްވުރެ ބޮޑު އުފާވެރިކަމެއް ލިބިދާނެއެވެ. އަދި އޮންލައިނުން އެމީހަކު ފެނިފައިވުމާއި އިންޓަރނެޓުގެ ޒަރީޢާއިން ފެނުމަށް ސަބަބެއް އެބައޮތް ބާވައޭ ނުވަތަ ސީދާ މީހާ ހަތަރުކަޅި ހަމަވާގޮތަށް ބައްދަލުވުމަކީ އެންމެ ރަނގަޅު ގޮތްބާވައޭ ހިތަށް އެރުންވެސް އެކަށީގެންވެއެވެ. އަދި ހިތުގައި އުފެދޭ އެފަދަ ސުވާލުތަކަކީ އެ ސަބަބުތައް ބުނެދީ ހަނދާނަށް ގެނެސްދޭ ހެއްކަކަށް ނުވެނުދާނެ ބާވައޭ ހިތައި ކުރެވޭ ސުވާލެވެ.

އެހެން ނަމަވެސް ހިތާމައަކީ ބްރޯޑްބޭންޑުގެ އިންޓަރނެޓް ޚިދުމަތް ފަސޭހަކަމާއިއެކު ނުލިބޭ މީހާއަށް ދެރަ ނިކަމެތި ކަމަކަށްވެގެން ދިއުމެވެ. އެކަމަކު ގަބޫލުކުރަން އުނދަގޫވިޔަސް އިންޓަރނެޓް މެދުވެރިކޮށް މުއާމަލާތުކުރުން ހަގީގަތަކަށްވެގެން ދިއުމުގެ ފުރުސަތު އެކަމުގެ ސަބަބުން މިދަނީ ބޮޑުވަމުންނެވެ. އަދި އެކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ދުރަށް ޖެހެމުންދާތަން ފެނިގެން ދިއުމުގެ ހިތާމަ ކުރަންޖެހުމަކީ އެކަކުވެސް އެދޭނެކަމެއް ނޫނެވެ.

އިޖުތިމާޢީ އެކަހެރިވުން ބޮޑުވުމާއެކު އިތުރުު ގުޅުންތައް ގިނަވަމުންދަނީއެވެ. ޖިސްމާނީ ގޮތުން ދުރުގައި ތިބި ބަޔަކު އިތުރަށް ދުރަށް ޖައްސަނީއެވެ. އަދި އެއީ އެ އެކަހެރިކަމަކީ ދެންތިބި މީހުނަށް ރައްކާތެރިކަމުގެ އިޙުސާސްތަކެއް ގެނެސްދޭނެ ކަމެއްކަމަށް ދެކޭތަން ފެނުމެވެ.

އެމެރިކާފަދަ ޢަސްކަރީ ބާރުތައް އޮންނަ ގައުމުތަކުގެ ގައުމިއްޔަތު ހަމަހަމަ ކުރަނީ އެމީހުންގެ ހަތިޔާރުއެޅި ބާރުތަކުންނެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހަތިޔާރަކުން ޖަރާސީމަކަށް ހަމަލާއެއް ނުދެވޭނެއެވެ. ކޮރޯނާ ވައިރަހުގެ ކުރިމަތީގައި ފުރަތަމަ ސަފުގައި ތިބެނީ އަސްކަރީ ލަޝްކަރުތަކާ ކުލީ ސިފައިންނާއި ނުވަތަ ޢަސްކަރީ ތަމްރީނުތަކަށް ހޮވިތިބި މީހުނެއްވެސް ނޫނެވެ. އެހެނެއްކަމަކު ރޯގާއެއްގެ ހަނގުރާމައިގާ ފުރަތަމަ ސަފުގައި ތިބެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ބޭސްފިހާރަތަކުގައި ތިބޭ މީހުނާއި ޓީޗަރުންނާއި ހޭހަންކޮށްދޭ މީހުނާއި ފިހާރަތަކުގައިތިބޭ މީހުނާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާއި ސަރުކާރާއި އަމިއްލަ ކުންފުޏާއި އެޖެންސީތަކުގެ މުއައްޒަފުންނެވެ.

ނަމަކުން މީހެއްގެ ތައާރަފެއް ނުދިން ނަމަވެސް ޑޮކްޓަރުންނަށް ކުއްލި ރިތްވަޅެއް އަޅަންޖެހެނީ ހީވެސް ނުކުރާހާ ފުންމިނުގައެވެ. ރިތްވަޅު މަރުފައްޔަށް ބަދަލުކޮށްލައިގެންނެވެ. އުފުލަންޖެހޭ ޒިންމާއަކީ މަރު އަތްމައްޗަށް ލައިގެން ކުރިމަތިލާންޖެހޭ ވަޢުދަކާއި އެކުގައެވެ.

ކޮންމެއަކަސް ރޯގާއިން ސަލާމަތްވެ ހުރިހާ ވާހަކަތަކެއްވެސް ދެކެވި ނިމޭފަހުން އެމީހުންގެ އެ ގުރުބާނީގެ އަގު ވަޒަންކުރާތަން ފެނިގެންދެއެވެ. އަދި އެއީ ފުރިހަމަ ގައުމިއްޔަތުކަމަށް ގަބޫލުކޮށްގެންނެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ސެލިއުޓްކޮށް ކުރުނީސްކޮށްގެން ތިޔަ ދެއްވި ޚިދުމަތަށް ޝުކުރިއްޔާއޭ ބުނެލައިގެންނެވެ. މިއީ އަޅުގަނޑުމެންގެ އަބްޠާލުންނަށްދޭ ދަރަޖައެވެ. އެހިސާބުން އެމީހުނަށް ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދެވެއެވެ. އެހެންނަމަވެސް އެމީހުނަށް އެއަށްވުރެވެސް އިތުރަށް ޝުކުރުއަދާކުރަން ނުޖެހޭ ސަބަބެއް ނެތެވެ. ދެވޭ ޗުއްޓިއަކުން ފުއްދައިލެވޭނެތޯއެވެ. އެމީހުންގެ މަރު އަޅުގަނޑުމެންގެ ދުޅަހެޔޮކަމަށްޓަކައި ގުރުބާންކުރެވީތީ ޝުކުރިއްޔާއަކުން ފުއްދައިލެވޭނެތޯއެވެ. ފަހަރެއްގައި ގަދަރުވެރި ބަޔަކަށް ހަދައިފާނެއެވެ. އިހުތިރާމް ލިބިގެންވާ އަދި ލިބޭ ބަޔަކަށްވީ ހިނދުވެސް އެކަން އިތުރަށް ހަރުދަނާވެގެން ހިނގައިދާނެއެވެ.

މިއީ އެމީހުންގެ ގުރުބާނީ އަޅުގަނޑުމެން ގިނަފަހަރަށް ހަނދާންކުރާ ހިސާބެވެ. ގައުމިއްޔަތުގެ ރޫހަކީ އެއީ ކަމުގައި ބަލައިގަންނަ ހިސާބެވެ. އަދި އެކަން ދެމެހެއްޓުމާއި ގައުމިއްޔަަތާއި ވަޠަނިއްޔަތުގެ އާ ޢަޒުމެއްގައި މުޖުތަމައުގެ ދުޅަހެޔޮކަމަށް ވިސްނުން ބަހައްޓައިގެން އެހެން ބައެއްގެ މުޖުތަމަޢަށް ފާޑުކިއުމުގެ ބަދަލުގައި އެންމެން އެކުގައި މަސައްކަތްފަށާ ހިސާބެވެ.

މި އާދަޔާ ޚިލާފު ކުއްލި ހާލަތު ނޮވެލް ކޮރޯނާ ވައިރަސް އަޅުގަނޑުމެންނާއި ދުނިޔޭގެ މުޖުތަމަޢުގެ ނިޒާމުތަކަށް މިވަނީ ޝޮކެއް ގެނުވައިފައެވެ. ދިވެހި ރާއްޖޭގެ މިޒަމާނުގެ ސިޔާސީ ނިޒާމަށްވެސް ބަދަލުތަކެއް ގެނުވާނެ ކަމަކަށް މިވަނީ ވެފައެވެ. އާދަކާދައާއި އުސޫލުތަކަށް ބަދަލު ގެނުވައިފިއެވެ. ވިސްނުމާއި ފިކުރުތަކުގައި އެލުވިފައިވާ މަރުތަޅު ނެއްޓި އެއްބައިވަންތަކުގެ އާ އުސްމިންތަކަކަށް އަޅުގަނޑުމެން އެންމެން ގެންދާނެއެވެ.

މިއީ ޚިޔާލީ ތަސައްވުރެއްކަމަށް ހީކުރެވިދާނެއެވެ. އެހެންނަމަވެސް މިހެން ވެދާނެކަމުގެ ދެސަބަބެއް އެބައޮތެވެ.

ފުރަތަމަ ކަމަކީ ޢާންމު ދެކޮޅުވެރިކަމުގެ ހިޔާލުތަކުގެ ތެރެއިން އެންމެން ހިއްސާ ކުރަންޖެހޭ ދަތި އުނދަގޫތަކާމެދު މާޒީގައިހުރި ކަންކަމަށް ބަަލައި އެންމެން އެކައްޗެއްކިޔާތަން އައުމެވެ. އެގޮތުން ކޯވިޑް-19 މިވަނީ އެންމެ ވަރުގަދަ ދަހަނާއި ކަޅިވެގެން އައިސް ދެމީހެއްގެ ޚިޔާލު ތާފާތުވުމެއް އޮތްތޯ ނުވަތަ ނޫންތޯ ނުބަލާކަން ފާހަގަކޮށްލަން ޖެހެއެވެ. އެއާއި ޚިލާފަށް ދެމީހެއްގެ ދެމެދުގައިވެސް އެއް ޚިޔާލެއް އުފައްދައި އެކަހެރިވަންތަކަން އެބައިވަންތަކޮށް ޖަމާޢަތްތައް އެކަތިގަނޑަކަށް ހަދަމުންގެންދާ އެއްޗަކަށް ކޯވިޑް-19 މިވަނީ ވެފައެވެ.

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުވެސް އެފަދަ އެއްބައިވަންތަކަމެއް ދިވެހީންގެ ފަރާތުންވަނީ ފެނިފައެވެ. އޯގާތެރިކަމާ ރަހުމަތްތެރިކަމާ އެކަކު އަނެކަކަށް އެހީވުންފަދަ ކަންކަމުންނެވެ. އިންސާނިއްޔާތުގެ އެންމެ މަތިވެރި ސިފަތައް ދައްކަމުންނެވެ.

ދެވަނަ ކަމަކީ ސިޔާސީ ޝޮކްވޭވެއްގެ ނަޒަރިއްޔާއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބޮޑު ޝޮކަކުން އެންމެންގެ ފައިދަށުން ބިންގަނޑު ދެމިގަންނަ ހާލަތެއް އައުމުން ގުޅުންތަކުގެ ސިފަތައް ބަދަލުވެގެން ދިއުމެވެ. މިއީ ކޮންމެހެން ވަގުތުން ވަގުތަށް ހިނގައިފާނެ ކަމެއްކަމަށް ދެކިގެން ތިބުން ލާޒިމްކުރާ ކަމެއް ނޫނެވެ.

ނަމަވެސް ދައުލަތްތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާ ދެކޮޅުވެރިކަމާބެހޭ 850 ދިރާސާއެއް ތަޖުރުބާކާރުން ހިއްސާ ކުރައްވައި މިކަމަށް އަލިއަޅުވާލައްވައިފައި ވެއެވެ. އެއީ 1816 ވަނަ އަހަރުން ފެށިގެން 1992 އާއި ދެމެދު ކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ 10 އަހަރުގެ ތެރޭގައި ހަމަޖެހުން ނަގައިލި ބޮޑު ޝޮކަކުން 75 އިންސައްތަ ގައުމު އަރައިގަތްކަމުގައެވެ. ޚިޔާލު އެއްގޮތްކޮށް އެއްބައިވަންތަވީ ކަމުގައެވެ. އަދި އިޖުތިމާއީ ޝޮކްތަކަކީ ތަފާތު ގޮތްގޮތަށް އެފަދަ ދެބަސްވުންތައް ރޫޅައިލާ ކަމެއްކަމެވެ. ނަމަވެސް ރަނގަޅު ގޮތުގަޔާއި ނުބައި ގޮތުގައި އެކަން ފެނިދެނިވެފައިވެއެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމަށް ރިޢާޔަތްކުރާއިރު މިފެންނަ މަނާޒިރު ލަފާކޮށް ދައްކަނީ ސަގާފީ އަދި ސިޔާސީގޮތުން ކަސިޔާރުވެފައިވާ ހަރުފަތްތަކެއް ބިނާކުރަނިވި ގޮތެއްގައި ކުރިއަރުވަންވީ ވަގުތު އައިސް ޖެހުނީ ކަމުގައެވެ. އަދި ބަދަލުވާންވީ ވަގުތު ފައްކާވަމުން އަންނަނީ ކަމުގައެވެ.

ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ދިވެހި ރާއްޖެ ސީރިއަސް ނވެ އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ފާލުން ނެއްޓިފައިވާތާ ދުވަސްތަކެއްމިވަނީ ވެފައެވެ. މިއީ ސުލްހައިގެ މަގު ޚިޔާރުކުރުމުގެ އެންމެ ފުރަތަމަ ވަގުތު ކަމުގައި ނުވެދާނެ ބާވައެވެ. ކަންކަމުގެ ތަރައްގީއާއި ޢިލްމީ ވިސްނުން ގަނެ ވިއްކައި ބޭނުންކުރުމުގެ އުސްމިނަކަށް ދިއުމުގެ ވަގުތު ނޫން ބާވައެވެ. އެހެންވީމާ ޒަމާނެއްގައި އަޅުގަނޑުމެންގެ ވިސްނުން ފޯކަސްކުރި ކަންކަމަށް މިއަދު ވިސްނާކަށް ނުޖެހެއެވެ. ނިއުކުލިއަރ ހަނގުރާމައާއި ތެލުގެ ދަތިކަމާ ވަޒީފާ ނެތުމުގެ ހިތްދަތިކަމާ ލޯނުތަކަށް ދައްކަންޖެހޭ އިންޓަރެސްޓް ރޭޓު ބޮޑުކަންފަދަ ކަންކަމަކީ އިތުރަށް ވިސްނަންވީ ކަންކަން ބާވައެވެ.

ޓެރަރިޒަމްވެސް މިވަނީ ކޮރޯނާ ވައިރަސްދެކެ ބިރުގެންފައެވެ. އަދި ގައުމީ ނުރައްކަލަކަށް ހުޅުވޭވަރަށް ޓެރަރިޒަމްވެސް ހުއްޓި އެފަދަ ބަޔަކު ގައުމީ ޢަސްކަރިއްޔާއަށް ވަނުމުގެ ބިރު އުފެދިފައެވެ. އެމީހުންނަކީ ކަނޑުމަތީގަޔާއި ސަހަރާތަކުގައި ގައުމީ ދިފާޢުގެ ފުރަތަމަ ސަފުގައި ފާރަލާ ބަޔަކަށްހަދައި ފޮނުވަން ޖެހިދާނެކަމުގެ ބިރާއި ހިސާބަށް ގޮސްފައެވެ. އެހެންވީމާ ވިސްނުންތެރިކަން އިތުރަށް ހަރުދަނާކުރަންވީ ވަގުތު ނުޖެހޭ ބާވައެވެ.

ސަބަބުތައް ބައިވަރެވެ. ފިލްމްސްޓާރުންނާއި ސިޔާސީ އެކްޓިވިސްޓުން ރައްޔިތުންގެ ގާނޫނުހަދާ މަޖިލީހަށްވެސް އަޅުގަނޑުމެން ހޮވައިފީމުއެވެ. އަދި މަޖިލިސް މެމްބަރުން ރައީސުންގެ މަގާމަށްވެސް ހޮވައިފީމުއެވެ. ރައްޔިތުންގެ ފަރާތުން ބިއުރޯކްރެސީއަށްދިން ހަމަލާއެއްގެ ގޮތުގައި ތަޖުރިބާކާރުންނަށް ހަދައި ބޮޑެތި ސިޔާސީ ލީޑަރުންނަށް ހަދައިފައިވަނީ ކޮންކޮން ކަހަލަ ބައެއްތޯއެވެ. އަދި މިއަދު ސަރުކާރުތައް ހިނގަނީ އެފަދަ މީހުންގެ އުކުޅުތަކުގެ ތެރެއިންނޭ ނުބުނެވޭނެ ޖާގައެއްވެސް ނެތެވެ.

ކޯވިޑް-19 އަކީ އަނެއްކާވެސް މިފަދަ ކަންކަން ދެމަގަކުން ބަދަލުކޮށްލަފާނެ އެއްޗެކެވެ. ފުރަތަމަކަމަކީ މިހާރުވެސް މި ޖަރާސީމު މިވަނީ ކަމުގެ ތަޖުރިބާކާރުންގެ އަޑުއަހަން ރައްޔިތުންނަށް މަޖުބޫރުކުރުވައިފައެވެ. އެހެނަސް ވަބާއެއް އައުމާއި ހިސާބަށް ތަޖުރިބާކާރުން ދައްކަވާ ވާހަކަފުޅު އެއްފަރާތް ކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު ރައްޔިތުން މިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު އަޑުއަހަން މަޖުބޫރު ޙާލަތުގައެވެ. އުންމީދެއްގެ އަލިކަމެއް ލިބޭފަދަ ބަސްފުޅެއް ވިދާޅުވާނެ ކަމަށް ހީކޮށްގެންނެވެ. އަދި އެކަން ވަނީވެސް އެހެންނެވެ. ހުރިހާ ރައްޔިތުންނަށްވެސް ސަރުކާރަކީ ސީރިއަސް ބައެއްގެ އަތްމަތީގައި އޮންނަންޖެހޭ އެއްޗެއްކަމަށް ގަބޫލުރަން ޖެހިފައެވެ.

އެމެރިކާއަށް އެކަނި ބަލައިލިއަސް މިކަން އެއޮތީ ފެންނާށެވެ. ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގައި އެމެރިކާގެ ރައްޔިތުންގެ ސިއްހަތާއި އިގްތިސާދުގެ ނާކާމިޔާބީގެ ވާހަކަތައް ދައްކަމުންދިޔަ ދިއުމެވެ. ވަބާއެއްގެ ނުރައްކަލުގެ ތެރޭގައި ގައުމުގެ އިގްތިސާދީ ދުވެލީގެ ބާރު ދަށްވެ ފަހަތަށްޖެހެމުންދިޔަ ދިއުމަކީ ރައްޔިތުންނަށް ޝޮކެއް ގެނެސްދިން ކަމެއް ނޫންބާވައެވެ. އެއީ ޖަޒުބާތީ ހިތްހަމަޖެހުމެއްގެ ބަދަލުގައި ސަރުކާރުން ކަންތައްތަކެއް ކުރާތަން ރައްޔިތުން ދުށުމަށް މަޖުބޫރުކުރި ކަމެކެވެ. އެކަމުގެ އަސަރު ފެނިގެން ދިޔައީ އިގްތިސާދުގެ ތެރެއަށް އަޅައިލި އެއް ޓްރިއަން ޑޮލަރާއި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ސިއްހީ ޓެސްޓުތައް ހިލޭ ކުރެވޭނެ 100 ބިލިއަންޑޮލަރުގެ ބަޖެޓެއް ފާސްކޮށްދިނުމުންނެވެ.

ކޮންމެއަކަސް ނޮވެލް ކޮރޯނާ ވައިރަހަކީ ފަހުގެ ތާރީޚުގައި މުޅި ދުނިޔެއަށް ގުޑުންއަރުވައިލާ ބިންހެލުންތަކަށްވުރެވެސް ބިރުވެރިކަން އޮތް އެއްޗެއްކަމަށް ދަޢުވާކުރާ ވައިރަހެކެވެ. ސަބަބަކީ މީގެ ޖީލުތަކެއްކުރީން ދުނިޔެއަށް ކުރިމަތިވެގެންއައި އެޗްއައިވީ އެއިޑްސްވެސް ވެގެން ގޮސްފައިވާ އެއްޗަކަށްވެފައި އެއީ އެތައް ރޮނގަކުން ކޮރޯނާ ވައިރަހާއި ތަފާތު އެއްޗަކަށްވެގެން ދިއުމެވެ. އަދި ބަޔަކު އެ އަނދިރި ހަޔާތުގެ ތެރޭގައި ދިރިއުޅެފައިވާއިރު އެކަމުންވެސް ޢިބްރަތްތަކާ ފިލާވަޅުތައްވަނީ ލިބިފައެވެ.

މިބާވަތުގެ ބަލިމަޑުކަމަކީ ދުނިޔޭގެ މުޖުތަމަޢުތައް ބަދަލުތަކަށް އަނބުރައިލާ އެއްޗެކެވެ. ބައެއް ޙާލަތްތަކުގައި ސަރުކާރުގެ އިހުމާލުތަކެއްވެސް އެކަމުގައި ހުންނަ ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވައެވެ. އެއީ އެފަދަ މުޖުތަމަޢުތައް އާލާވެދިއުން ހުއްޓުވިފައި ނެތުމާއި އެފަދަ މީހުން އުފައްދާ ވިއުގަތަކަށް ބަލައިނުލެވި އަޅައިނުލައި ދޫކޮށްލެވޭތީ ކަމަށް ބުނެއެވެ. އަދި އެއީ އެފަދަ މީހުންގެ މަގާމު މުޖުތަމަޢުގެ ތެރޭގައި އޮންނަ ގޮތް ބޮޑު މައްސަލައަކަށް ވުމުންނޫނީ އެކަމާމެދު ގޮތްތަކެއް ނުނިންމާ ތިބުމުގެ ސަބަބުންނެވެ.

ނޮވެލް ކޮރޯނާ ވައިރަސްގެ ވަބާ ނިއުޅެމުން ފުރޮޅެމުންދަނީ ސިއްހީ އަޅައިލުމުގެ ނިޒާމުގެ ތެރޭގައިވެސް ބޮޑެތި ބާގަނޑުތައް އުފައްދަމުންނެވެ. އެހެންނަމަވެސް ހޭލައްވައިލާ އެތައްކަމެއް އެބައޮތެވެ. އޭގެތެރޭގައި އާންމު ދިރިއުޅުމުގެ ރައްކާތެރިކަމާ އިގްތުސާދާއި އުޅުމާއި ގުޅުން ރައްކާތެރިކޮށް އިސްލާހްކުރުމުގެ މައްޗަށް މުޖުތަމަޢުތައް ހޭލައްވައިލުންފަދަ ކަންކަމެވެ. އެހެންވުމާއިއެކު އާންމުން ގެންދަނީ އެމީހުންގެ ގުޅުންތައް ދެމެހެއްޓޭނެ އިސްލާހްތަކަށް ލޯހުޅުވަމުންނެވެ. އެކަކު އަނެކަކަށް އެހީތެރިވެދެވޭނެ މުއާމަލާތުތައް ހިންގާނެ މަގުތައް ހޯދަމުންނެވެ. އަދި މިއީ ހުރިހާ ދިމާތަކެއް ބަދަލުތަކަށް އަހުލުވެރިވާން މަޖުބޫރުކުރުވާ ކަންކަމެވެ.

ކޮރޯނާ ވައިރަސްގެ ވަބާ މިއަދު މިވަނީ މުޖުތަމަޢުގެ ތެރޭގައި އޮންނަ އަޅައިލުމުގެ ގިއުގަނޑުގެ ތެރޭގައިވާ ހުސްތަންތަން ފުރަން ފަށައިފައެވެ. ޢާއިލާތައް މި ވަބާގެތެރޭގައި ކަންކުރާންގޮތްތަކާއި އޭގެފަހުން އުޅެންޖެހޭނެގޮތްތައް ހޯދަން މަޖުބޫރު ކުރުވައިފައެވެ. އަދި ބަލީގެ ރައްކާތެރިކަމެއްނެތް ހާލަތެއްގައި އެ ވަބާގެ ތެރޭގައި އެނބުރެން ޖެހިފައެވެ. ތިމާގެ ލޯބިވާ އާއިލީ މެމްބަރުންނާއި ދުރުތިމާގެ ގާތްމީހުން ބަލިވުމާއި ކުއްލިއަކަށް ސްކޫލަށް ކިޔަވަންދިޔަ ދަރިވަރުންތައް މުއްދަތެއްނެތި އެނބުރިއައިސް ގޭގައި ތިބެން ޖެހުންފަދަ ކަންކަމެވެ. އަދި އާއިލާގެ ތެރޭގައި އުނދަގޫ ޙާލަތުތަކުގެ ނިންމުންތައް ނިންމަން ޖެހިފައެވެ. ސިއްހަތާއި އާމްދަނީ ދަށްވެގެން ދިއުމެވެ. އެކަން ދިގުދެމިގެންދާނަމަ ދެއިރު ކޮއްތު އެއްއިރަށް ބަދަލުނުވެދާނެއޭ ހިތަށްއަރާ ހިސާބަށް މީހާ ހާސްކޮށްލާ ދަރަޖައިގައެވެ.

މިއަދު ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ މި ވަބާ މިވަނީ ރައްޔިތުންނަށް މީގެ ކުރީން ސަރުކާރާއި ކަމާބެހޭ މުއައްސަސާތައް ނުފެންނަ މިންވަރަށް ދައްކަން ފަށައިފައެވެ. ކޮންމެ ދުވަހަކު ސަރުކާރުގެ ކަންކަން ހިނގާ ނުހިނގާގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުވާން ފަށައިފައެވެ. އިރުޝާދުތަކާ ލަފާތަކުން ރައްޔިތުންގެ ލޯތައް ހުޅުވައިލައިފައެވެ.

ކޮރޯނާވައިރަސްގެ ވަބާއިން ސަލާމަތްތެރިކަންލިބި އާންމު ޙާލަތަކަށް ރުޖޫޢަވެވޭއިރު އޮންނާނެ ގޮތަކާއިމެދު ވިސްނައިލަންވެސް އަދި ނޭނގެއެވެ. އެހެންނަމަވެސް އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ އިޢާދަ ނުކުރެވޭ ނުވަތަ ރުޖޫޢަނުވެވޭ އާ ޢަދަތަކެއްގެ ތެރެއަށް މުޅި މުޖުތަމަޢުއާއި ފަރުދުން ގެންދިއުމެވެ.