ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަން މަޖުބޫރު ވެފައިވާތީ ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން އިތުރަށް ޖެހިފައިވާ ކަމަށެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެ ކަމަށާ މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގަން ފަށާފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ބުނީ ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހު ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔުއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރާއިރު، އޭގެތެރޭގައި ޑެލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫން އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގުން ބުނީ އެކުންފުނިން އިތުރު ވިޔަފާރިތައް، މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާ މި ޑިޖިޓަލް ޚިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގުން ބުނީ މިޚިދުމަތް ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާން ނުޖެހޭ ކަމަށެވެ.

ދިރާގުގެ ހުރިހާ ޚިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައިއެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްސް ބޭނުންކުރަމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ.

މިކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް"
ދިރާގު