ހުކުރު ދުވަހުން ފެށިގެން އޮންއެރައިވަލް ވިސާ ނުދޭގޮތަށް ހަމަޖައްސައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮން އެރައިވަލް-ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ރާއްޖޭން ބޭރުން އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅަމުންދަނީ ޞިއްޚީ މާހިރުނާގެ ލަފަޔާއި އިރުޝާދުގެ މަތީންކަމަށެވެ.