ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފްތާއް އަށް ބަންދުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިކަން އިއުލާންކުރެއްވީ ކޯވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދަވާ ޕްރެސް ކޮންފަރެންސްގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާ ސްކޫލްތަކުގެ އިތުރުން ކޮލެޖް، ޔުނިވަރސިޓީތައްވެސް މިމުަދަތުގައި ބަންދުވާނެ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައުވާ އިގްތިޞާދީ ބޮޑު ދައްޗާއެކުވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުންގެ އެންމެބޮޑު އަމާޒުކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

ރައީސް މިގޮތަށް ނިންމެވީ ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރެން ފަށާފައިވާތީ އެކަން ކޮންޓްރޯލްކޮށް ރައްޔިތުންނަށް ގޭގައި މަޑުކޮށްލައިގެން ތިބުމުގެ ފުރުސަތު ހޯދައިދިނުުގެ ގޮތުންނެވެ.

ރައީސުލްހުމްހޫރިއްޔާ ވިދާޅުވީ މި ފިޔަވަޅާއެކު އިޤްތިޞާދީގޮތުން ޤައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމަށާ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކާއެކު ލުއިގޮތްތަކެއް ސަރުކާރުން އެފަރާތްތަކަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާ އިޤްތިޞާދީ ޕެކޭޖާއެކު މުވައްޒަފުން ވަޒީފާތަކުން ވަކިނުކޮށް މުސާރަދެވޭނެ ގޮތްތަކެއް ފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮންއަރައިވަލް ވިސާދިނުން ހުއްޓާލުމާއެކު، ރިސޯޓުތަކުގައި މިވަގުތުތިބި ފަތުރުވެރިންގެ ތެރެއިން އެންމެފަހު ފަތުރުވެރިޔާ ރިސޯޓުން ފުރާތާ 14 ދުވަސްފަހުން އެރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވާ މުވައްޒިފުންނަށް ރަށްރަށަށް ދަތުރުކުރެވޭނެކަމަށެވެ.