ރާއްޖެ މި އޮތީ ލޮކްޑައުންގެ ހާލަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ދަރުބާރުގޭގައި މިވަގުތު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާ މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ މި އޮތީ ލޮކްޑައުން ހާލަތުގައި ކަމަށާ މީގެ 24 ގަޑިއިރު ފަހުން މީހަކަށް ރާއްޖެ ނާދެވޭނެ ކަމަށެވެ.

އެހެންވީމާ، މިއީ ލޮކްޑައުންއެއް. ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދޭނެ. ސަރުކާރު މި އޮތީ ހަމަ ތައްޔާރަށް ރައްޔިތުންނަށް ހިދުމަތް ކުރަން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮން އެރައިވަލް-ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ރާއްޖޭން ބޭރުން އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެއެވެ.