ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ އިތުރުމީހަކު ބަލިން ފަސޭހަވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ، ކޮވިޑް-19 އާބެހޭ އެންމެފަހުގެ މައުލޫމާތު ސަރުކާރުގެ ފަރާތުން ހިއްސާކުރުމަށް ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ.މުހައްމަދު އަލީއެވެ.

މިއާއެކު، ރާއްޖެއިން ކޮރޯނާވައިަރސްއަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 9 މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.

އެހެންކަމުން، ޕޮޒިޓިވްވެގެން މިހާރު ފަރުވާ ދެމުންދަނީ ޖުމްލަ 4 މީހުންނަށެވެ.

އެހެން ނަމަވެސް، މިހާލަތުގައި އަދިވެސް ރައްޔިތުން ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

މިބަލި ރާއްޖޭގައި ފެތުރުނަނުދީ ކޮންޓްރޯކުރުމަށް ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގައި ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާ މަަސއްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.