މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއިއެކު މޯލްޑިވިއަންގެ ކާގޯ ބޯޓެއް ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވިއަނުން ބުނީ 10 ޓަނުގެ މުދަލާއެކު ކޮލަމްބޯއިން ރާއްޖެއަށް ކާގޯ ފްލައިޓެއް އައިސްފައިވާ ކަމަށެވެ.

މި ބޯޓުގަ ގެނެސްފައި ވަނީ، މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރަށް ބޭސްފަރުވާއަށް ބޭނުންވާ ސާމާނުކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ބުދަ ދުވަހު ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ކާގޯ ބޯޓުތައް ދަތުރުކުރާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ބެންކޮކްއަށް އަދި ހުކުރު ދުވަހު ދުބާއީއަށް ކާގޯ ފްލައިޓުގެ ދަތުރުތައް ކުރާނެ ކަމަށެވެ.

މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ޚިދުމަތް ދެމުން އަންނައިރު، ކޮރޯނާ ވައިރަހާ ގުޅިގެން މިހާރު ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފަ އެވެ.

އެހެންނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ގެއުމުގެ މަސައްކަތް މެދުކެޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފަ އެވެ.