މަޖިލީހެއްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ބޭއްވި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ރަށުގައި ތިއްބައިވައިގެން ކަމަށް އެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު އޮންލައިންކޮށް ސްޓްރީމްކޮށް ބާއްވާއިރު މި ޖަލްސާގައި ބައިވެރިވެވަޑައިގެން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ އަމިއްލަ ރަށުގައި ހުންނަވައިގެން އެކަން އުފަލާއެކު ފާހަގަ ކުރައްވާފައެ އެވެ.

މެންބަރު ފިރުޝާން މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ރަށް ގދ. ހޯޑެއްދޫގައި ހުންނަވައިގެންނެވެ.

މީގެ އިތުރަށްވެސް ބައެއް އެހެން މެންބަރުންވެސް ވަނީ މާލެއިން ބޭރުގައި ތިއްބައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ނަންގަވާފައިވާ ވ. ބޮޑު މޮހޮރާގައި ހުންނަވައިގެންނެވެ. ޖާބިރު ވިދާޅުވެފައި ވަނީ ކޮވިޑް19 އިން ރައްކާތެރިވެ ގައިދުރުވެ ތިބުމަށް ހުންނެވީ ބޮޑުމޮހޮރާގައި ކަމަށެވެ.

ޖަޒީރާވަންތަ ކޮންސެޕްޓައް ރާއްޖެ ބަދަލުވާއިރު ލިބޭ ހިންހަމަ ޖެހުމަކީ 2020ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ބޮޑުމޮހޮރާ ބީޗުން ޖަލްސާގައި ބައިވެރިވެ ވާހަކަދެއްދޭކަން ކަމަށް
މެންބަރު އަބުދުﷲ ޖާބިރު

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ވަކީލުންކަމަށާއި، ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެފަހަރަކު ރައްޔިތުން އެންމެ ފުރަތަމަ ގުޅާނެ އެއް ފަރާތަކީ އެ ރައްޔިތުންގެ މެންބަރުންނަށް ކަމަށެވެ.

އެހެންކަމުން މިވަގުތުވެސް މެންބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭގޮތަށް އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށްކަމަށްވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮންލައިންކޮށް ފުރަތަމަ ފަހަރަށް ކުރިޔަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިވަގުތު މެންބަރުން ތިއްބަވަންޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭގޮތަށް އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށްކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ގިނަ މެންބަރުން ފާހަގަކުރެއްވީ، ކޮވިޑް19 އިން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ކުރިއަށްއޮތްތަނުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދިވެހި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިގްތިސޯދުކޮށް އެ ސިނާއަތްތައް ކުރިއެރުވުމުގެ މުހިންމުކަމެވެ.