ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމުގެ ވިސްނުންފުޅެއް އަދި ނުގެންގުޅުއްވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އިރު ބައެއް ފަރާތްތަކުން މަޖިލީހުގެ ޖަލްސާތައް މިހާލަތުގައި ކުރިއަށްގެންދިޔުމާއިމެދު ސުވާލު އުފައްދަމުންދާ ވަގުތެއްގައި ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

މައިމޫނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްގެންދާ ގޮތުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވުމާއެކު ވެބް މެދުވެރިކޮށް ޖަލްސާތައް ކުރިއަށްގެންދިޔުމަކީ މިހާލަތުގައި އަދި މައްސަލައެއް ނޫން ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ މުއައްސަސާތައް އެއްކޮށް ބަންދުކުރުމުގެ ބަދަލުގައި ވީވަރަކުން ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންދިޔުމަށް ކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ.

ކަންކަން ހުއްޓުމަކަށް ނުގެނެސް ވީވަރަކުން ހަމަ ކުރިއަށްގެންދިޔުން މުހިންމު ވަނީ"
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ހުރިހާ އޮފީސްތަކެއްގައިވެސް އެންމެން އެއްތަނަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތަކަށް އިރުޝާދުދެއްވާކަން ފާހަގަކުރައްވާ މައިމޫނާ ވިދާޅުވީ ދުރުގައި ތިބެގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޕްރޮމޯޓު ކުރައްވާ ކަމަށެވެ. އެގޮތުން ބޭންކުގެ ޚިދުމަތްތައް ހޯދުމުގައިވެސް ވީހާވެސް ބޮޑަށް ތަނަށް ނުގޮސް ދެވޭނެ ޚިދުމަތްތަކެއް ހުރެއްޖެނަމަ އެގޮތައް ކަންތައް ކުރުމަށް ބާރު އަޅަމުންދާ ކަމަށެވެ.

ސޯޝަލް ޑިސްޓެންސިންގ ނުވަތަ ފިޒިކަލް ޑިސްޓެންސިންގ މީހުން ގިނައިން އެއްވެ ނޫޅުމަށް ނުވަތަ ކައިރިނުވުމަށް ބާރުއަޅާ ކަންތައްތަކެއްގެ ގޮތުގައި މަސައްކަތްތައް ހިންގަން"
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު