ކ. ވިލިވަރު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފިއެވެ.

ވިލިވަރު ރިސޯޓަކީ ކޮވިޑް-19 ބައްޔާއި ގުޅިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީފުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީފުން ބުނެފައިވަނީ، އަލިފާން ރޯވެފައިވަނީ މުދާ ރައްކާކޮށްފައި ހުރި ކޮންޓެއިނަރއެއްގައި ކަަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ވިލިވަރު ރިސޯޓްގައި ތިބި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެގޮތުން ކުރެވުނު މަސައްކަތުން އަލިފާން ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ކަމެއްވީ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.

އެންމެފަހުން އެމްއެންޑީއެފުން މައުލޫމާތު ދީފައިވާގޮތުގައި، ވިލިވަރުގައި ރޯވި އަލިފާން މިހާރުވަނީ ކޮންޓްރޯލް ކޮށްފައެވެ.