ސައުދީ ޝާހީ އާއިލާގެ ނުފޫޒުގަދަ ބަޔަކު އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑް ބޮޑު އަގުގައި ގަތުމަށް ތައްޔާރުވެފަައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި އަރަބި ގައުމުތަކުގެ މަހުޖަނުން ބޮޑު ދައުރެއް އަދާކުރެއެވެ. މިހާތަނަށް ދުނިޔޭގެ ގިނަ ކުލަބުތަކެއް ރަސްކަން ކުރަނީ އަރަބި މުއްސަނދި އާއިލާތަކުންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިހާރު ވަނީ މި މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަދި ނިއުކާސަލްގެ މިހާރުގެ ވެރިޔާ މައިކް އެޝްލީ އެ ކުލަބު ވިއްކާލުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ މަޝްހޫރު ފައިނޭޝިއަލް ފިކްސާއެއް ކަމަށްވާ އަމާންޑާ ސްޓެވެލީ އާއި ވަނީ ހަވާލުކޮށްފައެ

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލް ގަތުމަށް ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ 300 މިލިއަން ޕައުންޑަށެވެ. އަދި އެ ކުލަބު އަލުން ކޮޅަށް ޖެހުމަށް ގިނަ ޕްލޭންތަކެއްވެސް ހުށައަޅާފައިވެއެވެ. މީގެތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ބޮޑު އަގުގައި ހޯދުންވެސް ހިމެނެއެވެ. އަދި ނިއުކާސަލްގެ ސްޓޭޑިއަމް މަރާމާތުކުރުމާއި ސްޓާފުންގެ މުސާރަ ބޮޑުކުރުމަށްވެސް ވަނީ ހުށައަޅާފައެވެ.

މި މަސައްކަތުގައި އިނގިރޭސި ޕްރިމިއަރ ލީގުންވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މީގެކުރިންވެސް ކުލަބުތަކުގެ ހިންގުން ބަދަލުވާ ފަހަރުތަކުގައި ޕްރިމިއަރ ލީގުން ވަނީ ބޮޑު އެހީތެރިކަމެއް ދީފައެވެ. އެއީ މީގެސަބަބުން އެ ލީގަށްވެސް ބޮޑެތި ފައިދާތަކެއް ވާތީއެވެ.

ސައުދީން ހުށައަޅާފައިވާ ގޮތުން ކުލަބަށް ގެންނާނީ އާ ކޯޗެކެވެ. އަދި އެއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަރަބި ގައުމުތަކުގެ ކޮންޓްރޯލްގެ ދަށުގައި މިހާރު ހުރި ކުލަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެއެވެ.