އިއްޔެ އަލަށް 101 ޕޮޒިޓިވްވިކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ.
މީގެ ތެރެއިން 71 މީހުންނަނީ ބަންގްލަދޭޝް މީހުން. މީގެ އިތުރަށް އިންޑިއާގެ 21 މީހުންނާއި 8 ދިވެހިން ހިމެނޭ ކަމަށް ވަނީ ހާމަކޮށްފަ.
ރާއްޖެއިން އިތުރު 86 މީހަކު ޕޮޒިޓިވްވެ ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި.
އެޗްޕީއޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިއަދު 5 ޖެހުމާއި ހަމައަށް އިތުރު 86 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް.
އޭގެ ތެރޭގަ ހިމެނެނީ، ބަންގްލަދޭޝްގެ 67 މީހަކާއި، އިންޑިއާގެ 3 މީހުންނާއި، 14 ދިވެހިންނާއި، ސްރީލަންކާގެ އިތުރަށް ނޭޕާލް މީހެއް.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަީ 734 ކަށް އަރާފައި
ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިއަ ފަހުން ކޮވިޑަށް ޕޮޒިޓިވް ކަަމަށް ބުނި ބަންގްލަދޭޝްގެ މީހާ ނިޔާވެއްޖެ.
މި މީހާ ފިޓްޖެހި ހާލުބޮޑުވެގެން އައިޖީއެމްޗަށް ގެންދިޔަކަން އެޗްޕީއޭ އިން ރޭ ފަތިހު ވަނީ ހާމަކޮށްފަ.
ނަމަވެސް އޭނާ ނިޔާވި ކަމަށް ރިޕޯޓް ކުރަމުންދާއިރު، އޭނާ ނިޔާވީ ކޮވިޑް-19 ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި އެޗްޕީއޭ އިން ހާމައެއް ނުކުރޭ. ނަމަވެސް ނިޔާވި އިރު ކޮވިޑްގެ އަލާމާތްތައްވެސް ހުރިކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ.
ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން ނިޔާވި މިއީ ދެވަނަ މީހާ އެވެ. މިދިޔަ ބުދަ ދުވަހުރޭ މަރުވެފައި ވަނީ، 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 551 ކަށް އަރާފައިވާއިރު، އޭގެތެރެއިން %50.81 އަކީ ބަންގްލަދޭޝްގެ ރައްޔިތުން.
މިބަލީގައި ރާއްޖެއިން މިހާތަނަށް ދެ މީހަކު މިވަނީ ނިޔާވެފަ.
0
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 491 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކޮށްފައިވާ މައުލުމާތުތައް ބުނާގޮތުން، އިތުރު 10 މީހަކުވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި، ބަނގްލަދޭޝްގެ 3 މީހުންނާއި، އިންޑިއާގެ 2 ރައްޔިތުންނެވެ.
އިއްޔެ އެކަނިވެސް 191 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި.
މިއަދު ވަނީ 13 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފަ. މީގެ ތެރޭގައި ހއ. ތަކަންދޫން ޕޮޒިޓިވްވި 3 މީހުންނާއި ނ. މަނަދޫން ޕޮޒިޓިވްވި މީހަކުވެސް ހިމެނޭ.
މިހާތަނަށް ޖުމްލަ 481 މީހަކު ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ.
މިއަދު އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ މިއަދު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފި.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގުލަދޭޝްގެ 6 މީހަކު ކަމަށް.
ހއ. ތަކަންދޫން 3 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ.
ވީނިއުސް އަށް މައުލޫމާތު ލިބުނު ގޮތުގައި، ޕޮޒިޓިވްވީ ދެ އަންހެނުންނާއި ކުޑަކުއްޖަކު.
އެމީހުންނަކީ ހއ. އިހަވަންދޫ ކާވިޔާ ބޯޓުން، މާލެއިން އެ ރަށަށްދިއަ މީހުން ކަމަށްވެސް މައުލޫމާތު ލިބޭ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 471 އަފާފަ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މި ބަލިން ފަސޭހަވެފައި ވަނީ 17 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކުރޭ.
އިތުރު 16 މީހަކު ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 245 އަށް އަރައިފި.
އެޗްޕީއޭ އިންް މިއަދު ހާމަކުރި ގޮތުގައި، އަލަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިޔާގެ 4 މީހަކާއި 3 ދިވެހިން.
އިތުރު 23 މީހަކު ޕޮޒިޓިވްވެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200 އިން މަައްޗަށް އަރައިފި.
އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިރޭގެ ޕްރެސް ފެށުނު އިރު އިތުރު 23 މީހަކު ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 73 ކަށް އަރާފައިވާ ކަމަށް.
މާލެއިން މިރޭ އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޮޒިޓިވްވި ޖުމްލަ އަދަދު 129 އަށް އަރައިފި.
އެންމެފަހުން ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފަ.
މިއާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 129 އަށް އަރާފަ.
ހުކުރު ދުވަހުގެ ރޭ އިރާކޮޅުވެސް 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފަވޭ.
އެ 12 މީހުންނަކީވެސް ދިވެހިން.
އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 128 އަށް އަރައިފި.
މިއަދު މެންދުރު ޕޮޒިޓިވްވެފައިވާ 7 މީހުންނާއެކު، ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 128 އަށް އަރާފައި.
މިއަދު އެކަނިވެސް 18 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި، ކުޑަ ދެކުދިން ހިމެނޭކަންވެސް ވަނީ ހާމަކޮށްފައި.
ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ފަރުވާދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައި. އޭނާ އަކީ އިންޑިއާއިން ގެނައި މީހުންގެ ތެރެއިން ކަރަންޓީންގައި ހުރި މީހެއް.
އަޅުގަނޑުމެން ތަކްރާރުކޮށް ބެލިބެލުމުންވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްއެއް ނޫން. އެކަމަކު އޭނާގެ ސިއްހީ މައްސަލަ އަށް އަޅުގަނޑުމެން ފަރުވާދިނިން. އަދި ނިޔާވުމާއި ހަމައަށްވެސް ކޮވިޑަށް ޝައްކު ކުރެވޭ ނިޝާނެއް ނުފެނޭ. -- ޑރ.މުރާދު
މާލެއިން މިއަދު އިތުރު ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ.
މިއަދު މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 14 އަށް އަރާފައި.
އަދި މުޅިމާލެއިން 63 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 83 ކަށް އަރާފައި.
ކޮވިޑަށް ޕޮޒިޓިވްވި 80އ. މީހަކު ކްލޯސް މިނިޓަރިން އަށް ބަދަލުކޮށްފި.
ކޭސް 81. 80އ. ދިވެހި މީހާ އަކީ، ރިސްކް ކެޓަގަރީ މީހެއް ކަމުން ކްލޯސް މޮނިޓަރިން އަށް، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ.
ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު ޤައުމަށް ގެންގޮސްފި.
ބަންގްލަދޭޝްގެ 68 މީހަކު މިއަދު ހެނދުނު އަނބުރާ އެޤައުމަށް ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއަރފޯސް މަތިންދާބޯޓުގައި.
މިއީ ރާއްޖޭގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ފޮރިން މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައި.
ކޮވިޑް-19 އަށް އިތުރު 13 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވެފައި ވަނީ 8 ދިވެހިންނާއި، ބަންގްލަދޭޝްގެ ފަސް މީހުން ކަމަށެވެ.
މިމީޙުންނާއި ގުޅުންހުރި ކްލަސްޓަރ ތަތަކީ ނުވަތަ ކޭސްތަކަކީ ބަލަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އެމީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޕޮޒިޓިވްވި މި 13 މީހުންނާއި އެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 62 ކަށް އަރާފައެވެ. އަދި ރާއްޖެއިން ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދަދީ 82 އެވެ.
ކޮވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ ލަފާގެ މަތިން، އެމް.އެން.ޑީ.އެފް ގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ޢިލްމުވެރިން ކިޔާދެއްވައިފި.
މިނިސްޓްރީން ބުނީ އެކަމުގައި އަމަލުކުރާނެ ގޮތަށް ފައިނަލް ކުރުމަށް އަދިވެސް އިތުރަށް ޑޮކްޓަރުންނާއި، ވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް.
މަގުމައްޗަށް ވެއްޓިފައި އޮތްވާ ފެނިގެން ސެނަހިޔާ އަށް ގެންދިޔަ ބިދޭސީ މީހާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އެމްއެމްޑީއެފް އިން ބުނެފި.
އޭނާ އާއި ގުޅޭ މައުލޫމާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނޭ.
މ. އޯޑިއޯން ކައިރިން މަގުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް.
ފުލުހުން ބުނީ އޭނާ ފެނުނީ އަސަރީ ގޯޅި އާއި މަޖީދީ މަގު ކަންމަތިން ކަމަށާއި، އޭނާ ފެނުނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށް.
ކޭސް 27 އާއި ގުޅުންހުރި ކްލަސްޓަރ ގައި ހިމެނެނީ 27، 29، 30 32، 34، 35، 37 ކުން ފެށިގެން 49 އަކާއި ދެމެދު. --އެންއީއޯސީ
ކޭސް28 އާއި ގުޅުންހުރި ކްލަސްޓަރ. މި ކްލަސްޓަރގައި ތިބީ، 28، 31، 33، 50، އަދި 51. - އެންއީއޯސީ
ކޭސް 35 ގުޅެނީ ކޭސް 27 އާއި ގުޅޭ ލިލީ ކުންފުނިން ޕޮޒިޓިވްވި ކްލަސްޓަރ އާއި ގުޅުންހުރި މީހެއް ކަމަށް ވަނީ ބެލެވިފައި.
ކޭސް 50 އަދި 51 އެއީ ކޭސް 28 އާއި ގުޅޭ އިންޑިއާ ދެމީހުން. އެމީހުންނަކީ އޭސީ މަރާމާތު ކުރުމުގެ މަސައްކަތް ކުރާ ޓެކްނީޝަނުން. އެހެންވީމަ އެމީހުން އަދި ކޭސް 28 އާއި ދިއަ ތަންތަނުގެ އިތުރަށް އެ ދެ މީހުން ދިއަތޯ މިދަނީ ބަލަމުން.
އެމީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނޭ. ކޭސް 28 އާއި ގުޅޭ ހައިރިސްކް ކޮންޓެކްޓް ވީމަ ޓެސްޓް ކުރީ. --ޑރ. ނަޒުލާ
ޑރ. ނަޒުލާ: މި ކޭސްތަކުގައި ހިމެނޭ މީހުންނަކީ ލިލީގެ ވޯކް ކުރާ ބަނގުލަދޭޝް މީހުން. އެއް ގެއެއްގެ ދެ ފްލޯގައި ތިބި 13 މީހުން. އެމީހުންނަކީ ޑެލިވަރީގެ މަސައްކަތާއި އަދި ފިހާރައިގައި މަސައްކަތްކުރާ މީހުން ކަމުން އެމީހުން ދިއަ ތަންތަން ދަނީ ބަލަމުން.
ޑރ. ނަޒިލާ: މިއަދު ލިބުނު ޕޮޒިޓިވް ކޭސްތަކުގެ ޓްރެސިން ދަނީ ހަދަމުން. 36 ކޭސް އަކީ މާލޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހެއް. މި ކޭސް ފާހަގަވީ ތޮއްޖެހިގެން އެކި ތަންތަނުގައި އުޅޭ މީހުން ބަލައި ތަންތަނަށް ބަދަލުކުުރުމުގެ ތެރެއިން މިމަހުގެ 12 ވަނަ ދުވަހު އަމީންހިޔާ އަށް ބަދަލު ކުރެވުނު މީހެއް.
އޭނަ ހުންނައިއައިސްގެން ދެއްކީ 15 ވަނަ ދުވަހު މާލެއައިސް، އަމިއްލައަށް ބޭސް ފިހާރައަކުން ބޭސް ގަނެގެން ކައިގެން ހުރުމަށްފަހު ފުލޫ ކްލިނިކަށް ދިއައީ އިއްޔެ. އިއްޔެ ސާމްޕަލް ނަގައި ޓެސްޓްކޮށް މިއަދު ބެލި އިރު ޕޮޒިޓިވް. މިއަދު އޭނަ ހުރީ މާލޭގެ ގެއެއްގައި. ޝީޝާ ކައިރީގައި ހުންނަ ސެލޫން ކައިރީގައި ހުންނަ ގެއެއްގަ. އެތަން ވަނީ މޮނިޓަރިންގައި. އަދި އޭނަ ހުޅުމާލޭގަ ހުރިތަން ވަނީ މޮނިޓަރިންގައި.
ހއ. އުލިގަމުގަިއ ހުރި މީހެއްގެ ފުރަތަމަ ސްކްރީނުން ނަތީޖާ ވަނީ ޕޮޒިޓިވް ވެފައި. އޭނާއަކީ ކޮވިޑް19 ހުރި މީހެއްކަން ޔަގީންކުރުމަށް އިތުރު ޓެސްޓެއް ދަނީ ހަދަމުން. އުލިގަމު ކޭސް އާއި ގުޅޭ މީހާ އަކީ، އުލިގަމުން ކަމެއްގައި މާލެއައި މީހެއް. - އެންއީއޯސީ
މިވަގުތު 18 ތަނެއް ލޮކްޑައުންކޮށް މިނިޓރަިންގެ ހާލަތަށް ވަނީ ގެނެވިފައި. މި 18 ތަނަކީ އުލިގަމުން ސްކްރީން ޕޮޒިޓިވްވި މީހާއިން 15 ވަނަ ދުވަހު މާލެއިން ފުރި ބޯޓް ދަތުކުރި ހއ. ގެ ރަށްރަށް.
އޭގެތެރޭގަިއ ހިމެނެނީ:
- ހއ. ތުރާކުނު
- ވަރިކަރަދޫ
- އިހަވަންދޫ
- ތަކަންދޫ
- އުލިގަމު
- ހިރިމަރަދޫ
- ހޯރަފުށި
- މާލެ. ގާކޮށި 6/03
- ގ. ކޯޝާކް
- އަމީން ސްޓާފް ބްލޮކް
- ޝީޝާ ޝޯވްރޫމް ކައިރީގަ ހުންނަ ސެލޫންއެއް
- މއ. ކްލައިމެޓް 3ވަނަ ފަންގުފިލާ އެޕާޓްމަންޓް 1
- ގ. އާނޫރާނީ 4 ވަނަ ބުރީގެ 4ބީ
- ޔުއަރޓޭސްޓް ލަގްޒަރީ ފިހާރަ
- ނޯތު ހާބަރ ކުރިމަތީގަ ހުންނަ ފިހާރަތައް
- ނޫފަރު އެކްސްޕްރެސް
- ލަގްޒަރީ ކްރިމަތީގަ ހުންނަ ފަތަހަ ފިހާރަ
ކޭސް 50 އަދި 51 އަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ އިންޑިއާ ދެ މީހުން.
އެމީހުންނާއި ކޮންޓެކްޓްވި މީޙުން ބަލައި އެތަން ވަނީ މޮނިޓަރިންގެ ހާލަތުގައި -- އެންއީއޯސީ
މީނާ ފެނިފައިވަވަނީ ބިދޭސީން ބަދަލު ކުރި އަމީން ހިޔާއިން.
މީގެ އިތުރަށް (ކޭސް37 އިން 49 އަކާއި ހަމައަށް ޖުމްލަ 13 ބިދޭސީން މިވަނީ ކޭސް 27 އާއި ގުޅުންހުރި މީހުންގެ ގޮތުގައި ފާހަގަވެ ޕޮޒިޓިވްވެފައި.
މި އެންމެންނަކީވެސް ލިލީ ކުންފުނީގައި އެއް އެކޮމެޑޭޝަންއެއްގައި ތިބޭ ބިދޭސީން. އެކޮމެޑެޝާން ބޮލްކް ވަނީ މޮނިޓަރިންގައި.--އެންއީއޯސީ
"ޖުމްލަ 16 ޕޮޒިޓިވް ކޭސް މިއަދު ފާހަގަވެ، އެކަކު ސްކްރީނިން ޕޮޒިޓީވްވެ ކޮންފަމޭޝަން ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން." އެންއީއޯސީ
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.
މާލެއިން ބަންގްލަދޭޝް މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ބުނީ މިއީ ބަލީގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދައްކަން ދިޔުމުން ޓެސްޓްކުރި ބިދޭސީއެއް ކަމަށެވެ. މިއީ މާލެއިން ޕޮޒިޓިވްވި ބަންގްލަދޭޝްގެ ދެވަނަ މީހާއެވެ. އޭނާ އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއީ މާލެއިން ޕޮޒިޓިވް 16 ވަނީ މީހާއެވެ. މިހާތަނަށް ރާއްޖެއިން 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
" ކޮންމެ ގެއަކުން މީހުނަށް ފުރުސަތު ދެވޭނީ ކޮންމެ 3 ދުވަހުން އެއް ދުވަހު، ގަޑިއެއް ހާއިރަށް." އެސިސްޓެންޓް ކޮމިޝަނަރ އަބުދުﷲ ފައިރޫޝް
"ބޭރަށް ނިކުތުމަށް ފުލުހުންދެއްވާނީ، ކިއުއާރް ކޯޑެއް." ފައިރޫޝް
ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭ ކަމަށާއި، އޭނާގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވި.
ތިންވަނަ ކްލަސްޓަރ ފެނުނީ 17 ވަނަ ދުވަހު 47އ. ފިރިހެނަކު ޕޮޒޮޓިވް ވުމުން.
އޭނާ އަނބިމީހާ 37އ. ވަނީ ޕޮޒިޓިވްވެފަ ކަމަށާއި ދެމަފިރިންގެ 8 އ. ކުއްޖަކު ވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި.
މިމަހުގެ 17 ވަނަ ދުވަހު ފްލޫ ކްނިކަށް ދިއަ 37އ. ގެ އަންހެނެއް (ކޭސް 27) ގެ ގޮތުގައި ޕޮޒިޓިވް ވުމުން.
އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި 33އ. ގެން އަންހެނެއް (ކޭސް 30) އަދި 37އ. ގެ ފިރިހެނެއް (ކޭސް 29) އާއި 24އ. އަންހެނެއް (ކޭސް 34) ވަނީ ޕޮޒިޓިވް ވެފައި.
މީގެ އިތުރަށް މި ކްލަސްޓަރގައި ހިމެނޭ 33އ. އަންހެން މީހާ (ކޭސް 30) ގެ ފިރިމިހާ 32އ. އަކީ (ކޭސް 32) ވެސް ވަނީ ޕޮޒިޓިވް ވެފައި.
ފުރަތަމަ ކްލަސްޓަރ:
ހިމެނެނީ މިމަހުގެ 15 ގައި ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުން:
އޭގެ ތެރެގައި ހިމެނެނީ 15 ދުވަހު ޕޮޒިޓިވް (ކޭސް 21) 30އ. އަންހެންމީހާ އާއި އޭނަގެ ދަރިފުޅު (ކޭސް 22) އަދި ޑައިރެކްޓް ކޮންޓެކްޓްވި މީހާ (ކޭސް 23) 42އ. ގެ އަންހެނެއް.
މީގެ އިތުރަށް (ކޭސް 23) 42އ. ގެ އަންހެން މީހާގެ ފިރިމީހާ (ކޭސް 24) 46އ. ފިރިހެނެއް ވެސް ހިމެނޭ. މީގެ އިތުރަށް އެ ދެމަފިރިންގެ 15އ. އަންހެން ކުއްޖެއް ފާހަގަވަނީ (ކޭސް 25) ގެ ގޮތުގައި.
މީގެ އިތުރަށް (ކޭސް23 ) އާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު އަންހެނެއް (ކޭސް 26) 37އ. އަންހެނެއްވެސް ވަނީ ޕޮޒިޓިވް ވެފައި.
ޖުމްލަ ފުރަތަމަ ކްލަސްޓަރގައި 3 އަންހެނުންނާއި 1 ފިރިހެނެއް އަދި ކުޑަ 2 ކުދިން ހިމެނޭ: އެންއީއޯސީ
ކޮންޓެކްޓް ޓްރެސިންގެ މައުލޫމާތުތައް އެޗްޕީގެ އޮފިޝަލް އެކައުންޓްތަކުން ނޫނީ ކަމާއިބެހޭ ރަސްމީފަރާތްތަކުން ރަސްމީކޮށް ރައްޔިތުންނަށް އަންގަމުންދާނެ ކަމަށް ބުނެފި.
އެހެންކަމުން އެކަމަށް ރައްޔިތުން ވިސްނައި ތިއްބެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ. އަދި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާލެއްވުމަށް ވަނީ ޝުކުރު އަދާކޮށްފަ.
ސަރުކާރުގެ އެއްވެސް އިދާރާއެެއްގެ ހުއްދަ ނުހޯދައި، ރިސޯޓަކުން މުވައްޒަފުންތަކެއް ގޮވައިގެން އައްޑޫ ސިޓީ ހިތަދު އަށް މިއަދު ހެނދުނު ދިޔަ ލޯންޗެއްގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޅި އިތުރު ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން އެރައި ފޭބުން ވަނީ ވަގުތީގޮތުން މަނާކޮށްފައި. ރަށްރަށަށް ދެވޭނީ ޒަަރޫރީ ބޭނުންތަކުގައި ކައުންސިލްގެ ހުއްދަ ހޯދައިގެން.
#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
މިހާތަނަށް މާލެއިން ޕޮޒިޓިވްވި މިއީ 14 ވަނަ މީހާ
ކޮވިޑަށް އިތުރު ދިވެއްސަކު މާލެއިން ޕޮޒިޓިވް ވެއްޖެ. އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވީ ކޭސް 28 އާއި ޑައިރކްޓް ކޮންޓެކްޓްވި މީހެއް ކަމަށް. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި.
ކޮވިޑަށް އިތުރު ދިވެއްސަކު މާލެއިން ޕޮޒިޓިވް ވެއްޖެ. އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވީ ކޭސް 28 އާއި ޑައިރކްޓް ކޮންޓެކްޓްވި މީހެއް ކަމަށް. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި.
މިދަނޑިވަޅުގައި އެކި ވިޔަފާރިތަކުން ކުނިތައް މަގުތައްމައްޗަށް ނުނެރެ ރަޖިސްޓްރީކޮށްގެން ކުނިއުކުމުގައި އެއްބާރުލުން ދިނުމަށް ވެމްކޯއިން އެދެފި.
ވެމްކޯއިން ބުނީ، މިދަނޑިވަޅުގައިވެސް މުވައްޒަފުން ނިކުމެ މާލޭގެ 36،000 އެއްހާ ގޭގެއިން ކުނިއުކައިދެވޭތޯ ބަލަމުންދާއިރު، ފިހާރަތަކުން މަގުމައްޗަށް ކުނި ނެރެ ގޭގޭގެ ކުންޏާއެި އެއްކުރުމުން އެކަމުގައި ދަތި ދިމާވާކަމަށް. އެހެންވީމަ މިދަނޑިވަޅުގައި އެންމެންގެ އެހީތެރިކަން ލިބުން މުހިންމު ކަމަށެ.
ރަށްރަށުން އަދި ރިސޯޓްތަކުން މާލެއަށް ފެނާއި ކާބޯތަކެތި ބަލައި ނޯތު ހާބަރަށް އާދެވެނެ.
އެކަމަކު މާލެ ލޮކްޑައުންކޮށްފައިވާތީ އޮޑިފަހަރުގައި މީހުން އައުން ވަނީ މަަނާކޮށްފައި.