އުރީދޫ މޯލްޑިވްސްއިން ޑެއިލީ ޑޭޓާ ކޮމްބޯގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޙާއްސަ އޮފަރ އެއް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނީ ޑެއިލީ ޑޭޓާ ނަންގަވާ ފަރާތްތަކަށް 1 ޖީބީ ޑޭޓާގެ އިތުރުން އަންލިމިޓެޑް އުރީދޫ ކޯލްސް 35ރ އަށް ލިބޭނެ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން ދަނީ އާއިލާއާި ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަހައްޓަމުންނެވެ. އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ޚިދުމަތްތަކަށް އިހުނަށްވުރެ ބޮޑަށް ވަނީ މުހިންމުވެފައެވެ. އެހެން ކަމުން، އުރީދޫއިން މި ޚާއްސަ އޮފަރ ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތަށް ހަމަޖައްސާފައިވާ ކަމަށެވެ. ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅުއްވައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުންދަނީ ވަރަށް ހާއްސަ އިސްކަމެއްދީގެން ކަމަށެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފަރ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.