ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕޮލިސް ފޮރެންސިކް ލެބޯޓްރީ ބޭނުންކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ކޮވިޑް-19 އަށް ތެސްޓުކުރުމުގެ މަސައްކަތްކިރާނެ އިތުރު ތަނެއް ގާއިމްކުރުމުގެ ގޮތުން ޕޮލިސް ފޮރެންސިކް ލެބްވެސް މިހާރު މިކަމަށް ހުލުވާަލާފައިވާއިރު އެތަނުގައިވެސް މިހާރު ޕީސީއާރު މެޝިނެއް އިންނާނެ ކަމަށެވެ.

ނަވީން ވިދާޅުވީ މި މަސައްކަތް ކުރުމަށް ފޮރެންސިކް ލެބޯޓްރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ބޭނުންކޮށްގެން އެތަނުގައި ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ ލެބޯޓްރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ބޭނުންކޮށްގެން އެ މަސައްކަތްތައ ކުރިއަށްގެންދާނީ. މިއީ ކެޕޭސީޓީ އިތުރަށް އެކްސްޕޭންޑް ކުރެވިގެން ދާނެ ކަމެއް.
އިސްމާއިލް ނަވީން

މީގެއިތުރުން މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާ މުއްދަތުގައި އެކިއެކި ކަންކަމުގައި ބޭރަށް ދިއުމަށް ޕޮލިހުން ދޫކުރާ ޕާމިޓްއާ ގުޅެގޮތުންވެސް ނަވީން ވާހަކަ ދައްކަވާފައިވެއެވެ.

އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 7000 ޕާމިޓް ދޫކުރެވޭ ކަމަށް ނަވީން ވިދާޅުވިއެވެެ. އަދި އެއްވެސް ފާހެއްނެތި މަގުމަތީގައި އުޅުނު 21 މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ލޮކްޑައުން އިއުލާނުކޮށްފައިމިވަނީ މާލެތެރެއަށް ނިކުމެ އުޅުމާއި، އެކަކު އަނެކަކު ބައްދަލުވާ ބައްދަލުވުން ހުއްޓުވުމަށް ކަމަށެވެ. އެހެންކަމުން ލޮކްޑައުންއަށް އެއްބާރުލުންދީ ކާވް ފްލެޓް ކޮށްލުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނަވީން ގޮވާލެއްވިއެވެ.