ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމުން މާލެ ތެރޭގައި މުދާ ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ، ލޮކްޑައުން އާއި ގުޅިގެން މާލެ ތެރެއަށް މުދާ ފޯރުކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ދިމާވި ކަމަށެވެ. އަދި އަތޮޅުތެރެއިން މާލެއަށް މުދާ ގެނެވުމުގައިވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ރަށްރަށުން ގެންނަ މުދާ ބާލައި ޑިސްޓްރިބިއުޓްކުރަން ނޯތު ހާބަރުގައި ޑެސްކެއް މިހާރު ގާއިމްކޮށްފައި ވާނެކަން ފާހަގަކޮށް ވިސާމް ވިދާޅުވީ ނޯތު ހާބަރުގައި ހެދި ޑެސްކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރެއަށް މުދާތައް ފޯރުކޮށްދިނުމާއި އަތޮޅުތެރެއިން މާލެ ގެންނަ މުދާ ދައުރުރުކުރުމައި ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ނޯތު ހާބަރުގައި ގާއިމް ކުރެވުނު ޑެސްކުތަކުގެ ނަތީޖާއެއްގެ ގޮތުން ހުއްދަތައް ހޯދުމުގައި ކައުންސިލްތަކުން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓުތަކަށް. އަދި މޯލްޑިވުސް ޕޮލިސް ސާވިސް އަދި އިކޮނޮމިކް މިނިސްޓްރީގެ އިތުރަށް އެމްޕީއެލުން އެ ދޭންޖެހޭ އެކިކަހަލަ ކްލިއަރެންސް ދީގެން މާލެއަށް ލަފާ ދޯނިތަކުން އެ މުދާ ބާލާ އެ މުދާ ފޯރުކޮށްދޭން ޖެހޭ ތަންތަނަށް ފޯރުކޮށްދެވޭނެ ލޮޖިސްޓިކަލް އެރޭންޖްމަންޓެއް މިހާރު ހެދިފައޮތީ."
ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް

ނޯތު ހާބަރުގައި ހެދި ޑެސްތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރެއަށް މުދާތައް ފޯރުކޮށްދިނުމާއި އަތޮޅުތެރެއިން މާލެ ގެންނަ މުދާ ދައުރުރުކުރުމައި ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވެގެން ދާނެކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވި އަދި މާލެ ތެރެއަށް އެ މުދާ ދައުރުކުރުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މި ހާލަތުގައި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ވީހާވެސް މަދުކުރަން ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.