މި ރަމަޞާން މަހު އާއިލާ އާއި ރައްޓެހިންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދޭ ހާއްސަ ޕެކޭޖުތަކެއް އުރީދޫއިން ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ މިއަހަރުގެ ރަމަޞާން މަސް ވެގެންދާވީ އެހެން އަހަރުތަކާ ވަރަށް ތަފާތު ރަމަޞާން މަހަކަށް ކަމަށެވެ. އެހެން އަހަރުތަކުގައި އާއިލާ އާއި، ރައްޓެހިން އެއްތަންވެެގެން ބާއްވާ އެތައް ބައްދަލުވުންތަކެއް މިއަހަރު ނުބެއްވޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ ގޭގައި ތިބެގެން އެ ގުޅުން ބަދަހި ކުުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އުރީދޫގެ ޕްރީޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުރީދޫއިން ހުޅުވާލާފައިވާ އޮފަރ ތަކުގެ ތެރޭގައި، ޑެއިލީ ޑޭޓާ ކޮމްބޯ، 50% އިތުރު ޑޭޓާ ދިނުމާއި، 5x ބޯނަސް ޑޭޓާ ދިނުން ހިމެނެއެވެ.

އުރީދޫއިން ބުނީ އުރީދޫގެ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ކޯލްސް ކަމަށެވެ.

މި ޕެކޭޖް 35 ރުފިޔާއިން އެކްޓިވޭޓް ކުރެވޭނެ ކަމަށާއި، އެކްޓިވޭޓް ކުރުމަށް *929*1# އަށް ގުޅައިގެން ނުވަތަ އުރީދޫ އެޕުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދުން ބުނެއެވެ. އަދި އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޞާން މަހު އުރީދު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް 5x ބޯނަސް ޑޭޓާ ހޯދުމަށް އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާ އަށް ވުރެ މަތިން ރިޗާޖް ކުރުމުން ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ވަނީ މި ރަމަޞާން މަހާ ދިމާކޮށް ނަމާދު އެލާޓް ފޯނަށް ފޮނުވުމާއި، އަދި ކީރިތި ޤުރުއާނުގެ އާޔަތްތައް ރީތި ޓިއުންސް މެދުވެރިކޮށް އަޑުއެހޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައެވެ.

އެގޮތުން ވައިބަރ މެދުވެރިކޮށް ނަމާދު އެލާޓް ހޯދުމަށް މިކަމާ ގުޅެ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކޮށްގެން ނަމާދު އެލާޓް ލިބޭނެ ކަމަށާއި، އެސްއެމްއެސް އެއްގޮތުގައި ހޯދުމަށް “GO” ޖެހުމަށްގަހު 4777 އަށް އެސްއެމްއެސް ކުރުމުން ނަމަދު އެލާޓް ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ޤުރުއާން އަޑުއެހުމަށް “Ramadan” ޖެހުމަށްފަހު 4000 އަށް އެސްއެމްއެސް ކުރުމުން އާޔަތްތައް ލިބޭނެ ކަމަށް އުރިދޫއިން ވަނީ ބުނެފައެވެ.