ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާއެކު ނެދަލޭންޑްސްގެ ފުޓުބޯޅަ ލީގުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންދަން ނިންމާ ކެންސަންކޮށްފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެ ގައުމުގެ ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ. އޭރު ލީގު މެދުކަނޑާލިއިރު ގިނަބަޔަކު ހީކޮށްގެން ތިބީ އެއްވަނައިގައި އޮތް ގޯލުގެ ތަފާތުން އޮތް އަޔެކްސްއަށް ލީގުގެ ޗެމްޕިއަންކަން ދޭނެ ކަމަށެވެ. ނަމަވެސް އެ ގައުމުން ނިންމީ އެއްވެސް ބަޔަކަށް ޗެމްޕިއަންކަން ނުދީ ލީގު މިއަހަރަށް ކެންސަލްކުރާށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ގިނަ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އިޖުތިމާއީ އަދި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައެވެ. މި ނިންމުން ނިންމީ ޔުއެފާގެ ވަރަށްބޮޑު ރޯލެއް އޮވެގެންނެވެ.

މިއީ ނެދަލޭންޑްސްގެ ލީގު 1956 ވަނަ އަހަރު ފެށި ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ދިޔަ ފުރަތަމަ ފަހަރެވެ. ލީގު މެދުކަނޑާލިއިރު، ތާވަލުގެ އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސްއެވެ. ދެވަނައިގައި އޮތް އޭޒެޑް އަލްކަމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވީ ނަމަވެސް އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރާނީ އެއްވަނައިގައި އޮތް އަޔަކްސް އާއި ދެވަނައިގައި އޮތް އޭޒެޑް އަލްކަމާއެވެ. އަދި ތިންވަނައިގައި އޮތް ފެޔަނޫޑް އަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޕީއެސްވީ އާއި ފަސްވަނައިގައި އޮތް ވިލެމް ވާދަކުރާނީ ޔުރޮޕާ ލީގު ކޮލިފިކޭޝަނުގައެވެ.

ނެދަލެންޑްސް ލީގަކީ ސީޒަން ކެންސަލްކުރި ޔޫރަޕުގެ މަތީ ފަންތީގެ ފުރަތަމަ ލީގެވެ.