ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 1 ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ރޭ ދަންވަރު 2:30 ހާއިރު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ 30އ. ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ހައްޔަރުކުރި ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެތަނުން އެކަކު ވަނީ ކޯޓުން ދޫކޮށްލާފައި ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރު ދެއްކި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.