ފުލުުހުންގެ ފޮރެންސިކް ލެބޯޓްރީއަށް ލިބުނު 173 ސާމްޕަލެއް ޓެސްޓްކޮށް ނިމިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެޗްޕީއޭއިން ފުލުހުންނާ ހަވާލުކުރި 173 ސާމްޕަލްއެއްގެ ޓެސްޓުތައް ހަދާ މިހާރު ނިމިފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ފޮރެންސިކް ލެބުގައި ކޮވިޑްގެ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތުގެ ދަށުން ރޭގެ ވަގުތެއްގައި ވަނީ ކުރެއްދޫ ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ޕޮލިސް ލެބުން ސާމްޕަލްތައް ތަހުލީލު ކުރަމުންދާތީވެ އެކަމުގެ ހަބަރަކަށް އިންތިޒާރު ކުރަމުންގެންދަވާތީވެ އަޅުގަނޑު ހަމަ ދައްނަވާލާނަން މިހާރު ޕޮލިސްގެ ފޮރިންސިކް ލެބަށް ހަވާލު ކުރެވިފައިވާ 173 ސާމްޕަލް މިހާތު ޓެސްޓް ކޮށް ވަނީ ނިމިފަ."
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތްކުރާނެ އިތުރު ތަނެއް ގާއިމްކުރުމުގެ ގޮތުން ޕޮލިސް ފޮރެންސިކް ލެބްވެސް މިހާރު މިކަމަށް ހުލުވާލާފައިވާއިރު އެތަނުގައިވެސް މިހާރު ޕީސީއާރު މެޝިނެއް ހުންނާނެކަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިއުލާން ކުރެއްވީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

ނަވީން ވިދާޅުވީ މި މަސައްކަތް ކުރުމަށް ފޮރެންސިކް ލެބޯޓްރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ބޭނުންކޮށްގެން އެތަނުގައި ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މިކަމަށް އަލިއަޅުއްވާލައްވާ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެ ލެބްގައި މަސައްކަތް ކުރުމަށް އިތުރު 15 ޓެކްނީޝަނުން ތަމްރީނު ކުރުމަށް ނިންމައިފިއެވެ.

މި ހުރިހާ ލެބް ޓެކްނީޝަނުން 24 ގަޑިއިރު މަސައްކަތް ކުރަން ފެށުމުން، ގާތްގަނޑަކަށް 190 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދިގެންދާނެ."
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވީން ވަނީ ތަފާތު އެކި ބޭނުންތަކަށް މާލެއައިސް ލޮކްޑައުންވެފައިވާ ފަރާތްތަކުން އެ މައުލޫމާތުތައް ޖެންޑަރ މިނިސްޓްރީއާއި ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.