ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ހުއްދަ ނުހޯދައި ހދ. ކުރިނބިން ފުރައިގެން ކުޅުދުއްފުއްޓަށް ދިއަ 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ހުއްދަ ނުހޯދައި ކުރިނބިން ކެނޯއެއްގަިއ ފުރައިގެން ކުޅުދުއްފުއްޓަށް ދިއަ 2 ފިރިހެނަކު ރޭގެ ވަގުތެއްގައި ކުޅުދުއްފުށި އެއަރޕޯޓް ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދެ މީހުންނަކީ 28އ. އާއި 21އ. ދެ ފިރިހެނުންނެވެ.

މި މަައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.

ކޮވިޑް19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އަދި ފުލުހުންގެ ހުއްދަ ނުހޯދައި އެއްރަށުން އަނެއް ރަށަށް ދިއުމަކީ މަނާކަމެކެވެ.

ނަމަވެސް އެ އެންގުމާއި ޚިލާފަށް އަމަލުކުރަމުންދާ މައްސަލައިގައި މީގެ ކުރިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.