ގއ. ކަނޑުހުޅުދޫގައި ވަޅަކަށް ވެއްޓި، ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެންދުނު 11:00 އެހާކަށްހާއިރު ގއ. ކަޑުހުޅުދޫއިން ވަޅަށް ވެއްޓި ނިޔާަވެފައިވަނީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ވަޅަށް ވެއްޓިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފެންނަ ފެނުމަށް އެކުއްޖާ ވެއްޓުނު ވަޅަކީ ކުޑަކުދިން ގާތްވެ އުޅުމަށް ރައްކާތެރި ގޮތަކަށް ރާނާފައިވާ ވަޅެއް ނޫނެވެ. ސޯޝަލް މީޑިއާގައި އާންމުވާ ފޮޓޯތަކަށް ބަލާއިރު އެވަޅަކީ ވަރަށް ތިރިކޮށް ރާނާފައިވާ ވަޅެކެވެ.