ކޮވިޑް-19 އާއި ގުޅިގެން ރަށްރަށަށް އެރުން މަނާކޮށްފައި ވަނިކޮށް، ހުއްދަ ނުހޯދައި ލ. މާމެންދޫން އެއަތޮޅު ކުނަހަންދުއަށް އެރި 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިމަހުގެ 3 ވަނަ ދުވަހުގެރޭ 1:16 ހާއިރު ލ. މާމެންދޫން 3 މީހަކު ހުއްދަނެތި ކުނަހަންދޫ އަށް އެރި މައްސަލައެއްގައި 3 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކަނދުފައްޗެއްގައި ގޮސް ކުނަހަންދޫއަށް އެރި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ، ދަންވަރު އެރަށަށް އަރައި މަގުމަތީގައި އުޅެނިކޮށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 43އ. ގެ މީހަކާއި 38އ. އަދި 29އ. މީހެކެވެ.

މި 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، މުޅި ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި އެޗްޕީއޭ ނުވަތަ ޓާސްކް ފޯސްތަކުގެ ހުއްދަނެތި އެއްރަށުން އަނެއް ރަށަށް އެރުން ވަނީ މަނާކޮށްފަ އެެވެ.