ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަދި މަޖިލީހުގެ ކުރީގެ މެންބަރު އަންނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާއި ގުޅިގެން، ހުޅުވާ ތަޢުޒިޔާގެ ދަފުތަރުގައި އޮންލައިންކޮށް ތަޢުޒިޔާގެ މެސެޖު ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ފުރުސަތު ހުޅުވާލައިފި އެވެ.

ކުރީގެ ރައީސް ހ.އަތިރީގޭ މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭކަނބަލެކެވެ. އުމުރުފުޅުން 85އ. ގައި އަމީނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގަ އެވެ.

އެކަމަނާ އަވަހާރަވުމާއި ގުޅިގެން، ޢާއިލާގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސާއި މެންބަރުންގެ ފަރާތުން ވަނީ ތަޢުޒިޔާ ދަންނަވާފައެެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަމާނެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފުތަރެއް ހިމެނޭ ފޮތެއް ބާއްވަވާނެ ކަމަށެވެ.

އަމީނާ އަމީން، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަޅުގަނޑަށް ފެންނަ ތަނުގަ ޤައުމެއްގެ ގަދީމީ ފައިވަޅު ވެދަނީ އެ ގައުމުގެ އަމާޒަށް. އަމީނާ މުހައްމަދު އަމީންގެ އުމުރުފުޅުން 17އ. ހަމަވީ. އަމީނާ އޭރު ހުންނެވީ ކޮޅުނބުގައި ކިޔަވާ ވިދާޅުވާން. ހުންނެވީ ޕާނުދުރާގަ. އެދުވަހު އަމީނާ އަރިހުގަ އަމީނާ ބައްޕަ އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮޅުނބުގަ ހުންނެވި. މުހައްމަދު އަމީން މާލެވަޑައިގެންނެވިއިރު އަމީނާ ހުންނެވީ ކޮޅުނބުގަ. އެ ދަތުރުގަ މުހައްމަދު އަމީން މާލެވަޑައިގެން މުހައްމަދު އަމީންގެ ކިބައިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ނެގި މުހައްމަދު އަމީން ފޮނުވާލެއްވުނީ ދޫނިދޫއަށް.
ރައީސް ނަޝީދު

މި ޖަލްސާގައި މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ހަޔާތްޕުޅު ނިމިގެންދިއަ ހިތާމަވެރި ގޮތާއި، އަދި އަމީނާގެ ތުއްޕުޅުއިރު އެދިމާވި ބައެއް ހާދިސާތައް ވިދާޅުވެ ދެއްވާފައެވެ.

އަމީނާ މާލެވަޑައިގެންނެވިއިރު މުހައްމަދު އަމީން ހަވަރަށްދެވި އަދި އޭގެފަގުން ގާފަރަށް ފޮނުވާލެވި ގާފަރުގައި އޮންނަވާ ހާލުކޮޅު ދަށްވެ، ވިހަމަނާފުއްޓަށް ބޭސްފަރުވާއަށް ގެނެވި، މުހައްމަދު އަމީން ވިހަމަނާފުށީގަ އޮންނަވަނިކޮށް އަމީނާގެ އުމުރުފުޅުން 17އ.ގައި ބައްޕާފުޅު އަވަހާރަވުމުގެ ކުޑަވަގުތުކޮޅެއް ކުރީގަ އަޅުގަނޑަށް އެނގިފައޮތްގޮތުގަ އަމީނާ އާއި މުހައްމަދު އަމީންއާ ބައްދަލުވި. މުހައްމަދު އަމީން އަވަހާރަވެދިއުމާ އަދި އެއަށްފަހު އަމީނާގެ ހަޔާތްބިނާވެދިއަގޮތް އެއީ އަޅުގަނޑުދެކޭގޮތުގަ މި ރާއްޖޭގެ ތަރަށްގީގެ ހަޔާތުގަވެސް، ދިވެހިންގެ އަންހެނުންގެ ހަޔާތުގަ، އަދި މި ދިވެހި ޤައުމުގެ ހަޔާތުގަ އަޅުގަނޑުމެނަށް ފެނިގެންދިއަ އަސަރުގަދަ، އަދި އެހާމަ އުފާވެރި މަޖާ ހިތްގައިމު ދުވަސްތަކެއް. އަޅުގަނޑުމެންގެ މައިންބަފައިންގެ ހަޔާތެއް ނޫން އަމީނާ މުހައްމަދު އަމީންގެ ހަޔާތްޕުޅަކީ.
ރައީސް ނަޝީދު

އެހެންކަމުން އަމީނާގެ ހަނދާންތައް އުފަލާއެކު އާކުރާއިރު، އަންހެނުންނާއި، ކުޅިވަރާއި ޒުވާނުންނާއި ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އެކަމަނާ އަދާކުރައްވާފައިވާ ދައުރު ހަނދާން ނުނެތޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ، އެކަމަނާގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާ މެސެޖުގެ ފޮތެއް ބޭއްވުމަށް ނިންމަވައި، ކޮވިޑްގެ ސަބަބުން މިހާރު މި އޮތް ހާލަތުގައި އެ ފޮތުގައި ސޮއިކުރުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ވާޗުއަލްކޮށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މަޖިލީހުން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.