ތުރުކީގެ ޑްރާމާ ސިލްސިލާތައް ފެންނަ ޗެނަލެއް ކަމަށްވާ ޓައިމްލެސް ޑްރާމާ ޗެނަލް (ޓީޑީސީ) ރާއްޖޭގެ މިޑިއާނެޓުން ދައްކަން ފަށައިފިއެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ވަނީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ތުރުކީގެ މި ޗެނަލް މިހާރު ފެންނާނެ ކަމަށެވެ. އެ ޗެނަލް ފެންނާނީ ޗެނަލް ނަންބަރު 806 އިންނެވެ.

ޑްރާމާ ސިލްސިލާގެ ދުނިޔޭގައި މިހާރު ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ތުރުކީގެ މި ޗެނަލަކީ މީޑިއާނެޓުގެ ޗެނަލް ލިސްޓުގައި ހިމެނޭ ފުރަތަމަ ތުރުކީގެ ޗެނަލް އެވެ.

ޓީޑީސީ ޗެނަލް އަކީ ދުނިޔޭގޭ 140 ގައުމެއްގައި 400 މިލިއަން މީހުން ބަލާ ޗެނަލެކެވެ. ޓީޑީސީން ގެނެސްދޭ ޑްރާމާ ސީރީޒްތަކުގެ ތެރޭގައި، މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކާއި، ދީނީ ކަންތައްތަކުގެ އިތުރުން ލޯބީގެ ކަންތައްތަކާއި ގުޅުން ހުންނަ ޑްރާމާތައް ހިމެނެއެވެ.

މި ޗެނަލް ލޯންޗުކޮށްފައިވަނީ 2019 ވަނައަހަރުގަ އެވެ. ލޯންޗު ކުރި ޓީޑީސީގެ މަގްބޫލުކަން ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާއިރު މި އަހަރުގެ ތެރޭގައި އިތުރުވެގެންދާނެ ކަމަށް ވަނި ލަފާކޮށްފައެވެ.