އުތުރުގެ އަތޮޅެއްގެ ރަށެއްގައި 16އ. ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޖިންސި ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭ ދަންވަރު 01:20 އެހާކަށްހާއިރު އުމުރުން 53 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ އަތުލައިގަތީ ކުށުގެވެށިންނެވެ. އޭނާ އަތުލައިގަންނަ މަންޒަރު ފެންނަ ވީޑީއޯއެއްވެސް ސޯޝަލް މީޑިއާ ގައި ވަނީ ދައުރުވާން ފަށާފައެވެ.

ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށްވާތީ އެ ކުއްޖާއާ ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއްނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.