ވެލިދޫ ކަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ބަލަމުންދަނީ، އެ ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހަކު، ރޭގަނޑު ދަންވަރު އެކަހެރިކޮށް ބައްދަލުކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި މިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް އއ. ވެލިދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އިސް ފިރިހެނަކު، ބައްދަލުކުރި މައްސަލައެއް ފެންމަތިވި ކަމަށްބުނެ އަޑުފެތުރެމުންދާ ވަގުތެއްގަ އެވެ.

އެޗްޕީއޭގެ ގަވައިދު ބުނާގޮތުން، ކަރަންޓީން ފެސޮލިޓީތަކުގައި ވަކިވަކި ރޫމްތަކަށްގޮސް މީހުން އެއްތަންވުމަކީ މަނާ ކަމެކެވެ.

މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެވެ ނުވެއެވެ.