ކޮވިޑް19 ފެތުރުންް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިރެއިން ފެށިގެން ކޮންމެ ރެއަކު ވަކިގަޑިތަަކެއްގައި ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފުލުހުންގެ އިދާރާއިންް މިއަދު ބުނީ، މިރޭ ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރު ފަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށް ފުލުހުން މޮނިޓަރކުރަމުން ގެންދާނެ ކަމަށެވ. އަދި 2 ހަފުތާގެ މުއްދަތަައް އެ އުސޫލުގެ ދަށުން ފުލުހުން އެގަަޑިތަކުގައި ހަރަކާތްތެރިވާނެ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުންްގެ އިދާރާއިންް ބުނީ އެ ވަގުތުތަކުގައި ބުރިޖުމަތިން ދަތުރު ކުރެވޭނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްް19 ރާއްޖޭގަައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މުޅި ރާއްޖޭގައި ސިއްްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންްކޮށް، މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްްދަތު މިވަނީ ތިން ވަަަނަ ފަހަރަށް އިތުކޮށްފައެވެ.

މިއަދުން ފެށިގެން އިތުރު 14 ދުވަހަށް އިތުރު ކުރި ލޮކްްޑައުންގެ މުއްްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.