ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މިގޮތަށް އަމަލުކުރާނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއަރ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކަނޑައަޅާ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން މިހެން ނިންމާފައިވާއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރާ ގޮތަށް ބަދަލުގެނެސް މިހާރު ވިޔަފާރި ކުރެވޭނީ ހަފްތާއަކު އެއްފަހަރު ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެމިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 މާލޭގައި ފެތުރި، ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ބަލިޖެހޭ މީހުންގެ ނިސްބަތް މި ދުވަސްތަކުގައި އިތުރުވާނެ ކަމަށް ލަފާކޮށް ގިނަ ފިޔަވަޅުތަކެއްް އަޅަމުންދާއިރު މާލޭޭޭގެ ލޮކްްޑައުން މުއްދަތުވެސް ވަނީ މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައެވެ.