ޒަރޫރީ ބޭންކިންގ ހިދުމަތް ދިނުމަށްޓަކައި މަރުކަޒީ ބޭންކާއި ބޭންކުތައް މިމަހުގެ ތިން ދުވަހަކު ހުޅުވާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

މި ގޮތުން ބޭންކްތައް ހުޅުވާފައި ހުންނާނީ، މިމަހުގެ 18، 20 އަދި 26 ވަނަ ދުވަހުގެ ހެނދުނު 9:30 އިން 12:00 އަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮވިޑް-19އާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ބޭންކްތައް ފަދަ ތަންތަން ބަންދުކޮށްފައި ވާއިރު އާންމުންނަށް ދޭންޖެހޭ މުހިންމު ހިދުމަތްތައް ދިނުމުގެ މަސައްކަތް ބޭންކް ތަކުން ވެސް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް އެ ހިދުމަތްތައް ދެމުންދަނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް ބަންދުކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ފުރަބަންދުގެ މުއްދަތުގަައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.