ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއް މަސް ނުވާ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދެވަނަ ސާމްޕަލް ނެގެޓިވްވުމުން ތިންވަނަ ސާމްޕަލެއްވެސް ނަގާފައިވާ ކަމަށެވެ. އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށްވެސް.ޑރ އަފްޒަލް ވިދާޅުވި އެވެ.

އެއްމަސް ނުވާ ތުއްތު ކުއްޖާ ޕޮޒިޓިވް ކަން އިއުލާންކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ކުއްޖާ ޕޮޒިޓިވްވެފައިވަނީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް ކުއްޖާއާ ކޮންޓެކްޓް ވުމުންނެވެ.

އެ ކުއްޖާ ޓެސްޓްކޮށްފައިވަނީ ބަލީގެ އަލާމާތްތައް ފެނުމާއި ގުޅިގެންނެވެ. މި ތުއްތު ކުއްޖާ އަކީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ތުއްތު ކުއްޖާ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 1186މީހުން ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި އުމުރުން 10 އަހަރު ނުފުރޭ 25 ވުރެ ގިނަ ކުދިން ހިމެނެ އެވެ.