އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި ޚިޔާލުފުޅުތަކަށް އަދި އުސޫލްތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ.

އެމްޑީޕީއިން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތަށް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އެ ލިޔުމުގައި ވެއެވެ.

މަރުކޮމިޝަންގެ މައްސަލަތައްވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން." ."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ތައުރީފް ކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ހުރި ޓްވީޓްތަކެއް ރިޓްވީޓް ކުރެއްވުމުން ގިނަ ފާޑިކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްފައެވެ.

ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ކޮށްފައިވާ ޓްވީޓްތަކެވެ.

މި ޓްވީޓްތަކުގައި ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްޤުން ކަމަށާއި، ދިވެހި ގައުމު އެދިގޮވަނީ ރައީސް ޔާމީންގެ ހިދުމަތަށް ކަމަށް ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ.