ފިޠުރު ޢީދުގެ މުނާސަބަތުގައި، އުރީދޫ ކަސްޓަމަރުންނަށް ޚާއްޞަ ފުރުޞަތެއް ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ މިއީ ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށްލުމަަަަށް ފަހިކޮށްދިނުމަށް ހުޅުވާލެވުނު ޚާއްޞަ ފުރުޞަތެއް ކަމަށެވެ.

މި ފުރުޞަތުގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް 3 ޖީބީ ޑޭޓާ އެންމެ 75ރ އަށް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ކުންފުނިން ބުނީ މަގުސަދަކީ ގޭގައި ތިބެގެންވެސް ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

1. އުރީދޫ އެޕަށް ލޮގިން ކޮށްލައްވާ

http://ore.do/app .2 އެޕްގެ ސެލްފް ކެއަރ ސެކްޝަނުން ބޭނުންވާ ޕެކޭޖް އިޚްތިޔާރު ކުރައްވާ

3. ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވާ, ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރުކުރައްވާ

4. Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ

5. CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ ފުރުސަތު، 26 މޭ 2020 ގެ 23:59 ގެ ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޢީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން.
އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު

މީގެ އިތުރަށް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި ބައެއް ފުރުސަތުތަކުގެ ތެރެއިން %50 އެކްސްޓްރާ ޑޭޓާ އޮފަރ އަދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަރޯދަ ތެރޭގައިވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

50% އެކްސްޓްރާ ޑޭޓާ އޮފަރ ގެ ދަށުން އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތުލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. 5x ޑެއިލީ ޑޭޓާ ބޯނަސް އޮފަރ ގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ.

ޑޭޓާ އޮފަރ ތަކުގެ އިތުރަަަަަށް އުރީދޫން ވަނީ އޮޕޯ ފޯނުތަކުގައި ވަރަށް ޚާއްޞަ ޑިސްކައުންޓް އޮފަރ އެއްވެސް ތައާރަފްކޮށްފައެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯޯ A1K 52 ޖީބީ ފޯނު މިހާރު 2098.99ރ އަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ލިބެއެވެ.